ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން މަޝްރޫއުތައް ހުއްޓިފައި ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހަށް ޕީޕީއެމް/ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ޕީއެންސީން ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ކުރީ ސަރުކާރަށް މަޝްރޫއުތައް ހިންގަން ނުވެސް އެނގުނު ކަމަށެވެ. ފެށި އެތައް މަޝްރޫއުއެއް އެ ސަރުކާރުން ހުއްޓާލާ ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ނޫން އެހެން ކޮންޓްރެކްޓަރަކަށް މަޝްރޫއުތައް ހަވާލު ކޮށްފައި ވެސް އެބަހުރި ކަމަށް ހީނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފެށި އެއްވެސް މަޝްރޫއުއެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވެ، ހީނާ ވިދާޅުވީ އެ ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދިޔައީ ފައިސާ ވެސް ޗާޕު ކޮށްގެން ކަމަށެވެ. ހީނާ ވަނީ ކުރީ ސަރުކާރުން ފެށި އަމީނީމަގު އެކަމުގެ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.
"އަމީނީމަގުގެ މަޝްރޫއު އަވަސް ކުރުމަށް 84 މިލިއަން ރުފިޔާ އަށް އާރްޑީސީއާ ހަވާލުކުރީ. އެއަށްވުރެ މާ އަގުހެޔޮކޮށް މާ ރަނގަޅަށް އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ އަމީނީމަގުގެ މަޝްރޫއު ނިމިގެން ދިޔައީ މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެން،" ހީނާ ވިދާޅުވިއެވެ.
އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު މަހެއްހާ ދުވަސް ތެރޭގައި އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ނިންމާ، މުޅި މަގު އެއްކޮށް ނިންމާލީ މި ސަރުކާރުން ކަމަށެވެ.
"އެހެންވީމާ މި ސަރުކާރު އައިފަހުން ހުއްޓުނު ޕްރޮޖެކްޓެއް ނޯންނާނެ. މި ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އިރާދަކުރެވިއްޔާ އެ ޕްރޮޖެކްޓުތައް ފެށުމަށްޓަކައި،" ހީނާ ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ