އެމްޑީޕީން އަނެއްކާ ވެސް ނިކުމެ މިއަދު ތިބީ ދިވެހި ރައްޔިތުން ގޮވާ ގޮވުންތައް އެނގި، ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ކަމަށް އެޕާޓީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ގޮވަމުން ދަނީ ގައުމުގެ މިސްރާބު ހަމަ މަގަށް އަޅުވައި ދިނުމަށް ކަމަށެވެ.
"ދޮގު ހަދައިފި. ބުހުތާނު ދޮގު ހަދައިފި. އޮޅުވާލައިފި. ބޮޑުތަނުން އޮޅުވާލައިފި. ހަރާބު ކޮށްފި މުޅިން ހަރާބު ކޮށްފި. ފިތުނު ކޮށްފި ގަދައަށް ފިތުނަކޮށްފި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އެޕާޓީ އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވިއެވެ. އެޕާޓީ އަކީ މުޅި ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި އަލުން ރާއްޖެ ހަމަ މަގަށް އެޅުވޭނީ ވެސް އެޕާޓީ އަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު ވިދާޅުވީ މިއަދު މުޅި ބައިނަލްއަގުވާމީ މުޖުތަމައު އިން ރާއްޖެ ބާކީވެއްޖެ ކަމަށެވެ.
މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ނިލަންދޫ އަދި އޭދަފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަވުމުން އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާގަ އެވެ.
		
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ