މިނިވަން ކަމާއެކު ދިވެހި ގައުމީ ދިދަ ވިހުރޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޮތީ މުޅިން އެއްކޮށް ގެއްލިފައި ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވަން ފެއްޓެވީ ގައުމުގެ މިނިވަންކަން ހޯއްދެވުމަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވިއިރު ދިވެހި ދިދައާ ގުޅުވާ ދެއްކެވި ވާހަކަފުޅު ވަނީ ހިއްސާ ކުރައްވާފައެވެ.
"ރައީސް ވިދާޅުވަނީ އޭ ދިވެހި ދިދަޔާ، ތިބާ ވިހުރޭށޭ މިނިވަންކަން މަތީ، ދޭނަމޭ ގަދަރާއި އިއްޒަތް އޭގެ ފުރިހަމަ ގޮތް މަތީ. ވިދާޅުވީ ދެން ތިބާއަށް ދިވެހި އުދަރެހަކުން އިރެއްނޯއްސޭނެޔޭ، އެންމެ ފުން ލޯބިން ތިބާ ބޮސްދޭށެ ގޮސް ވަތަނުގެ ބިންމަތީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެ ދިދަ މިނިވަންކަމާ އެކު ވިހުރިގެން ނޫނިއްޔާ ދިވެހިން އެދޭ ކަންކަން ނުކުރެވޭނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ތަރައްގީ އަށް ކުރެވެހެން ހުރި މަސައްކަތްތައް ވެސް ނުކުރެވޭނެ ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.
"ކެޔޮޅު ކިތަންމެ މޮޅުވިޔަސް، ކެޔޮޅާއެކީގަ، ނުވަތަ އެ މާލިމީއަކާ އެކީގަ ވަރުގަދަ ފަޅުވެރިންތަކެއް ތިބެގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ބޭނުންވާ މަންޒިލަކަށް އެ ނަވައިގެން ދަތުރެއް ނުކުރެވޭނެ." އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ޕާޓީތަކުން ފަށާފައިވާއިރު ޕީޕީއެމް/ޕީއެންސީން ވަނީ އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވައިފައެވެ. މަޖިލިސް އިންތިހާބުގައި 89 ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓުން ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި