ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އާއްމު ފޯރަމްގައި މާދަމާ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އަދި ފޯނު ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މިއީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދެއްވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.
މާދަމާ ރޭ 20:45ގައި އޮންނަ އެ ފޯރަމްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ފޯރަމް އިންތިޒާމު ކުރާ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ބުންޏެވެ.
އެ ފޯރަމް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ. އެ ފޯރަމްގައި އެރޭ ބައިވެރިވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު އައިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ