އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.
އައްޑޫ އަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ހައްލު ކޮށް ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ކަރަންޓު ދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން. އަދި މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ފެނަކަ އިން ބުންޏެވެ.
އައްޑޫ އަކީ މާލެ ސިޓީ ނެގުމަށްފަހު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ނަމަވެސް އެރަށުގެ ކަރަންޓުގެ މައްސަލަ އަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލައެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ