ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު [މާޔަން] މިއަދު ކަސްރަތަށް ނުކުމެ އުޅެނިކޮށް އޭނާގެ ކަރުގައި އޮތް ފަށް ފޭރިގެންފިއެވެ.
އޭނާ ސޯޝިިއަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިކަން ހިނގާފައިވަނީ ހުޅުމާލޭގައި ކަސްރަތަށް ދުވަން ނުކުމެ އުޅެނިކޮށް ކަމަށެވެ.
އޭނާ ހުޅުމާލޭގެ ކްލޭ ސްޑޫޑިއޯ މަގުން ދުވެފައި ދަނިކޮށް ދެ މީހަކު އޭނާ ބިންމަށްޗަށް ވައްޓާލައި ކަރުގައި އޮތް ފަށް ފޭރިގަތީ ކަމަށެވެ.
މާޔަން ބުނީ މިކަން ވުމާ އެކީ އޭނާ ގޮސް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ކަމަށެވެ. އަދި، އެއްވެސް މީހަކަށް މި ފަށް ބަޔަކު ވިއްކަން އުޅޭކަން އެނގިފައިވާނަމަ ނުވަތަ ފެނެއްޖެ ނަމަ އޭނާއަށް އެންގުމަށް ވަނީ އެދިފައެވެ.
ފުލުހުން ހުޅުމާލޭ ރީތިގަސް މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެން މައްސަލައެއް މިއަދު ހެނދުނު 6:20 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ