ރާއްޖެ އަށް އައިވީއެފް އަދި ރިޕްރޮޑަކްޓިވް ޑިޒީޒްއާ ގުޅޭ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށް ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި ގޯމެލް ރީޖަނަލް ޑައިގްނޯސްޓިކް މެޑިކަލް އެންޑް ޖެނެޓިކް ސެންޓަރާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
އެ އެމްއޯޔޫގައި ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. މާރިއާ ރުސަލެންކޯ އާއި ގޯމެލް ރީޖަނަލް ޑައިގްނޯސްޓިކްގެ ޑިރެކްޓަރެވެ. މެޑިކަލް އެންޑް ޖެނެޓިކް ސެންޓަރުގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އޮލެގް ކްރިވަލަޕޯވް.
ބެލަރޫސް މޯލްޑިވްސް ކުލޫރަލް ސެންޓަރުގެ ދަށުން މޯލްޑިވްސް ނިއުރޯ އެންޑޯސިން މެޑިކަލް ފެސިލިޓީ އަންނަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި ހުޅުވަން ވެސް ވަނީ ނިންމާފައެވެ.
މި ސެންޓަރުން އެންޑޯކްރައިން، ނާރުގެ ބަލިތައް އަދި ދަރިމައިވުމުގެ ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ރާއްޖޭގެ އެ ދާއިރާތަކާ ބެހޭ ގޮތުން ދިރާސާތައް ކުރާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ