މާލެ ސަރަހައްދުން ފައިލޭރިއާ ޖެހިފައިވާ އިތުރު ބަޔަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން މިއަދު ބުނީ މާލެ ސަރަހައްދާއި ތިލަފުށި އަދި ގުޅީފަޅުގައި މިދިޔަ ހުކުރާއި ހޮނިހިރު ދުވަހު ބިދޭސީން މަސައްކަތް ކުރާ ސައިޓުތަކުގައި ފައިލޭރިއާއަށް ޓެސްޓުކުރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެ ޓެސްޓު ކުރުންތަކުން ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާ އިތުރު ބަޔަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއާއެކު ރާއްޖެ އިން މި ބަލި ޖެހިފައިވާ 32 މީހަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވާ 25 މީހުންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ ހަތް މީހުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ