ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަލްއަހްމަދު އަލް ޖަބީރު އަލް ސަބާހް އަވަހާރަވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 86އެވެ. އެގައުމުގެ އެއްވެސް ރަސްމީ އިދާރާއަކުން ކުވެއިތުގެ އަމީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވައިގެން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމައެއް ނުކުރެއެވެ.
ޝެއިހް ނަވާފް މަގާމާއި ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެ ޝެއިހް ސަބާހް އަލްއަހްމަދު އަލްޖާބިރު އަލްސަބާހް އުމުރުފުޅުން 91 އަހަރުގައި އަވަހާރަވުމާއި ގުޅިގެންނެވެ. ޝެއިހް ނަވާފަކީ ކުވައިތުގެ 16 ވަނަ އަމީރެވެ.
ކުވައިތުގެ އަމީރުކަމަށް ދެން އިސް ކުރައްވާނީ އެގައުމުގެ މިހާރުގެ ވަލީއުލްއަހްދު ޝެއިހް މިޝްއަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ