ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
ޝައްމާނަކީ މީގެކުރިން އިމިގްރޭޝަންގައި ގާތްގަނޑަކަށް 14 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނާ ވަޒީފާ އިން ވަކިކުރިއެވެ.
ނަމަވެސް ޓްރައިބިއުނަލަށް ޝައްމާން ހުށަހެޅި މައްސަލަ އޭނާއާ އެއްކޮޅަށް ނިމި، ޝައްމާން ވަޒީފާ އިން ވަކި ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ނިންމިއެވެ.
ޝައްމާން ވަނީ އޭނާ ވަޒީފާ އިން ވަކި ކޮށްފައި ވަނީ އޭރުގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ގެ އަމުރަކަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ