ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރުގެ އެންމެހާ ކަންކަން ޔޫތް އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި 38 ކަމެއް ހިމަނާފައިވެއެވެ. އޭގެތެރެއިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ޔޫތު މިނިސްޓްރީ އަށް ވަނީ ބަދަލު ކޮށްފައެވެ.
އެ މިނިސްޓްރީގެ ދަށަށް މީޑިއާ އާއި ގުޅޭ އިތުރު ކަންކަން ހިމަނާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމާއި ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުމެވެ.
މީގެއިތުރުން ހޯމް މިނިސްޓްރީން މިހާ ދުވަހު ބަލަހައްޓަމުން ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބުގެ އެންމެހާ ކަންކަން ވެސް ބެލެހެއްޓުން އެ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.
ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ބައެއް އިތުރު ކަންކަން:
- ދިވެހި ޒުވާނުންގެ މެދުގައި ދީނަށް ލޯބިކުރުމާއި އަހުލާގީ ރިވެތި ސިފަތައް އާލާކުރުވުމާއި، ގައުމީ ރޫޙާއި މުޖުތަމައުގެ މަސްލަހަތު ކުރިއެރުވުމުގެ ސަގާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން
- އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، ޒުވާނުންނަށް އިގްތިސޯދީ ގޮތުން ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
- ޒުވާނުންނަށް ހާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، އެފަދަ ހަރާކަތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޒުވާނުންނާ ގުޅޭ މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުން.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި