ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރެއްވި އިހްތިރާމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ރައީސް މުއިއްޒު ހުވާ ކުރެއްވުމާއި ހަމައަށް ރާއްޖޭގެ ރައީސެއްގެ ގޮތުގައި ހުންނެވި އަދި މިހާރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވީ ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިންނެވެ. ރައީސް ސޯލިހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވިއިރު އެ ރަސްމިއްޔާތުގައި ގިނަ ބަޔަކު އިށީނދެ ތިއްބެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ދަނީ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ވާތީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންވެސް ތިއްބެވިއެވެ.
ރައީސް ސޯލިހު ޖުމްހޫރީ މައިދާނުގައި ވަޑައިގެން، ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތް ސަރަހައްދަށް ހިންގަވާފައި ވަޑައިގެންނެވި ވަގުތު ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން އިންނެވީ އެމަނިކުފާނަށް ހާއްސަ ކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގެންނެވެ.
ނަމަވެސް ރައީސް ސޯލިހު އެތަނުން ހުރަސް ކޮށްލި ވަގުތު، ރައީސް ސޯލިހަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން ގައްސާން ކޮއްޅަށް ތެދުވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހަށް ގައްސާން ކުރެއްވި އިހްތިރާމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ވެރިކަމުން ވަކިވެވަޑައިގަންނަވާ ރައީސަކަށް އެފަދަ އިހްތިރާމެއް އަދާ ކުރައްވާނީ ގައްސާންގެ ކިބާގައި ހުންނެވި ރިވެތި އަހުލާގެއްގެ ސަބަބުން ކަމަށް ބުނެފައެވެ.
"އެއިން ދައްކައި ދެނީ ގައުމިއްޔަތަށް ކުރާ އިހްތިރާމް. މިއީ އެންމެންގެ ގައިގާ ހުންނަން ޖެހޭ މާތް ސިފައެއް،" އިތުރު މީހަކު ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި އޮތްއިރު ރައީސް ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް އެހާ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅަކު ރައީސަށް އިހްތިރާމް ކުރެއްވުމަށް ތެދުވެވަޑައިގެންނެވިއިރު ފަހަތުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން އެ އިހްތިރާމް އަދާ ނުކުރެއްވީތީ ބައެއް ފަރާތްތަކުން އެކަމާއި ފާޑުވެސް ވަނީ ކިޔައިފައެވެ.
ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެންމެ ހަގު ދަރިކަލުންނެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގައި ގައްސާނަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދެއްވުމަށް ނިންމަވާފައި ކަމަށްވެއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
އެކަމުން ދައްކަިދެނީ ފުރިހަމަ ތަރުބިއްޔަތެއްގެ މަތިވެރި ނަމޫނާ
ާއާސިޔާ