ފަލަސްތީނުގެ 1،000 މީހަކަށް ގދ. ވާދޫން ބިން ދޫކުރަން ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.
ކައުންސިލު ބައްދަލުވުން އޮންނާނީ މާދަމާއެވެ. އެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނިންމަން ހުށަހެޅުއްވީ ކައުންސިލްގެ ރައީސް އެވެ.
ހަސަން ހުށަހެޅުއްވީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކުރަމުން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންގެ ތެރެއިން 1،000 މުސްލިމުންނަށް ވާދޫގައި ވަޒަންވެރިވުމަށް ބިން ދިނުމަށެވެ. އަދި އިޒްރޭލުގެ މީހުން އެ ރަށުގެ ބްލޫބޯލްސް (ސާފިން ޕޮއިންޓު) ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ވާދު އަށް ޒިޔާރަތް ނުކުރެވޭނެ ގޮތް ހެދުމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވެފައިވާ ގޮތުން ނަމަ ވާދޫގެ އާބާދީ އިތުރު ކުރުމަށާއި މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނުގެ މީހުންނަށް އެހީވުމެވެ. އެ ރަށަކީ 197 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ. ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރުމަށް ފަހު ވެސް ގޯތި ދޭނެ ޖާގަ އެ ރަށުގައި އެބައޮތެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތް ހަދައިދިނުމަށް ޕެޓިޝަނެއްގައި ހުށަހެޅުމަށް ވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ވަރައް ރަނގަޅުކަމެއް
ީއިބުތިޔަ ހުށަހެޅުމަކީ އަދި ތިފުރުސަތަކީ މުހިންމުކަން ބޮޑުކަމެއް ސަރުކާރުގެ ގާނޫނު ތަކުން ވެސް އެޖާގަ އޮންނަންޖެހޭ ފަލަސްތީން މުސްލިމުންނަށް ދިވެހި ރައްޔިތުކަން ދިނުމުން ވަރަށް މުހިންމު
ދިވެހި ރައްޔިތުން