ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް އެދި މިސްކިތްތަކުގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ކިޔަން މިނިސްޓްރީން އެދިފައިވެ އެވެ.
އިޒްރޭލުން މެދުނުކެނޑި ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ވަނީ އދ ގައި ކުށްވެރިކޮށްފައެވެ. ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައި ދިނުމުގެ ގޮތުން އެއްވުންތައްވެސް ދަނީ ބާއްވަމުންނެވެ.
އޒިްރޭލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި 3،300 ގިނަ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ