އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލަތާކައި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އެއްވުންތައް ބާއްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައި ދިނުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނު (އައިއޭސީ) އިން އިންތިޒާމުކުރި އެ އެއްވުމުގެ ބައިވެރިވިން ތިބީ ފަލަސްތީނުގެ ދިދަ އާއި ރާއްޖޭގެ ދިދަ ހިފައިގެންނެވެ.
"ފަލަސްތީނު މިނިވަންކުރޭ'' ޖަހާފައިވާ ގިނަ އަދަދެއްގެ ބެނާތައްވެސް ފެނިގެން ދިޔަ އެ އެއްވުމުގައި އެ ގައުމުގެ ރައްޔިތުންގެ މިހާރުގެ ހާލަތު ވަނީ ކިޔައިދީފައެވެ.
އެއަދި ތާރީހީ ގޮތުން ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަތައް ހިއްސާކޮށްފައިވެއެވެ. އެ އެއްވުމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުއައެއްވެސް ވަނީ ކޮށްފައެވެ.
މި އެއްވުމުގެ ތެރެއިން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާ އަބްދުﷲ އާއި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒާ އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި އުމަރު ނަސީރު ވެސް ފެނިގެން ދިޔައެވެ.
އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާއި ދެކޮޅަށް މުސްލިމު ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް ގެންދަނީ އަޑު އުފުލަމުންނެވެ. އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަންވެސް ބައެއް ގައުމުތަކުގެ ރައްޔިތުން ވަނީ ގޮވާލާފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 1799 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 6338 މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.


ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި