އެމްޑީޕީން ވަކިވެ، ވަކި ސިޔާސީ ޕާޓީއެއް އުފައްދަވައި ބަރުލަމާނީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އަޑުއުފުލައި، ބަރުލަމާނީއާ ދެކޮޅު ހެދުމަށް އެމްޑީޕީ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރީ 90 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބަރުލަމާނީ ނިޒާމާ ދެކޮޅު ހެދުމަށް ފާސްކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ހުށަހަޅައި ތާއިދުކޮށްގެންނެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ގައުމީ މަޖިލިސް އިގުރާރުވަނީ ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ، އެ ވޯޓެއްގައި މި ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރަން،" އެމްޑީޕީ ގައުމީ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައިވެއެވެ.
އެ ގަރާރާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިރޭ ވާހަކަފުޅު ދެއްކެވިއެވެ.
އެމްޑީޕީ ވަކިވެ، ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވުމަށްފަހު އެނބުރި އެ ޕާޓީއާ އަލަށް ގުޅުނު ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މިރޭ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް މަސައްކަތް ކުރީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމަށް ކަމަށެވެ. އެހެންކަމުން ރައީސް ސާލިހާ ދެކޮޅަށް އެފަދަ މަސައްކަތެއް ކުރުމުން، ބަރުލަމާނީ ގެނައުމަށް އެމްޑީޕީން މިއަދު މަސައްކަތް ނުކުރާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.
"ޑިމޮކްރެޓުން އެ ތިބީ ވަރަށް ބޮޑަށް ޒާތީވެފައި. އިބޫ ނޫން ގޮތެއް ހޯދި ގޮތަށް އަޅުގަނޑުމެން ބަރުލަމާނީ ނިޒާމު ނޫން ގޮތެއް އިރާދަކުރެއްވިއްޔާ ހޯދާނަން،" ރައީސް ނަޝީދާ ވަރަށް އަރިހުގައި ކުރިން މަސައްކަތް ކުރެއްވި ޝިޔާން ވިދާޅުވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ އަޑަށް ބާރުލާފައި ބަރުލަމާނީ ނޫން ގޮތެއް، އަދި ކެނެރީގޭ ނަޝީދު ނޫން ގޮތެއް ހޯދަން އަޑުއުފުލަންޖެހޭ ކަމަށެވެ.
"އަޑަށް ބާރުލާފައި ބަރުލަމާނީ ނޫން ގޮތެއް ބުނަންޖެހޭ. އަޑަށް ބާރުލާފައި އެބަ ބުނަންޖެހޭ ކެނެރީގޭ މުހައްމަދު ނަޝީދު ނޫން ގޮތެކޭ ބުނަން އެބަ ޖެހޭ. އެއީ އަޅުގަނޑު ހީކުރީ 2012 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ޕާޓީއަށް އެންމެ ބޮޑު ގެއްލުން ދިން މީހަކީ އަޅުގަނޑުމެން މި ކިޔާ ބާގީ ވަހީދު ކަމަށް. އަޅުގަނޑަށް މިއަދު އިހުސާސްވޭ އެ ބާގީ ވަހީދާއި ކެނެރީގޭ މުހައްމަދު ނަޝީދާ ނެތްކަން ތަފާތެއް،" ފަލާހު ވިދާޅުވިއެވެ.
ޑިމޮކްރެޓުން ހީކުރީ ލައްކަ މީހުންގެ ވޯޓް ލިބޭނެކަމަށް އެކަމަކު 15000 ގައި ސައިޒުވީ. ދެންތިބޭ، ތި ޕާޓީއަށް ވަންނާނެ މީހަކުވެސް ވިއްޔާ ދެންސާބަސް
ވާނުވާރީދޫލަޝްކަރަށް ހަމަވިސްނުން ދެއްވީތީ اللهއަށް ހަމްދާއި ޝުކުރު ދަންނަވަން
ކޮރަކަލިބާޢީވަހީދާ ކެނެރީގެނަޝީދާ ތަފާތެއްނެތްއިރުގާ އެކިއާ ފަހަރި އިމުރާނު ވަކި ތަފާތުތޯ؟ މީހުންނަށް ވަސްވާސްދީ ބޯކައިގެން ރައިއްޔަތުންގޮވައިގެން ނުކުތީ އިމުރާނު.
ލޮޅޭ