މަނީލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެންމެ ފުރަތަމަ ކަމަކަށްވެސް މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާތުން އެދިވަޑައިގެންނެވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ.
"ރައީސް ސޯލިހު ގާތު ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާއެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް" މުއިއްޒު ވިދާޅުވިއެވެ. ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަކީ ގާނޫނީ ގޮތުން ރައީސަށް ކުރެއްވޭނެ ކަމެއް ކަމަށެވެ. އަދި އެއީ ގައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ "ޓްރާންސިޝަން ޕީރިއަޑްގައި" ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތް އޮންނަ އުސޫލުން ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރާ ހިސާބުން ފެށިގެން މަސައްކަތް ފަށައިގަންނާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑެއްގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކަމެއް ބައްޓަން ކުރުމުގައި ރެއާއި ދުވާލު މަސައްކަތްކުރަން ކެރޭ ވަރުގަދަ ޓީމަކާއި އެކީ ގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތްފަށާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން" މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ