ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.
މިމަހުހެ 9ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނު ވަނީ 46 ޕަސެންޓު ވޯޓު ހޯއްދަވައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބޭއްވިއިރު މި އިންތިހާބު ވެސް މުއިއްޒު ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވައިފައެވެ.
އެގޮތުން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު ވަނީ 116،597 ވޯޓު ހޯއްދަވައިފައެވެ. ދެން މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް 99،775 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި