ހދ. ކުޅުދުއްފުށި އަދި ގދ.ތިނަދޫ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުޏަކާއި ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާއެވެ.
އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް އަބްދުލްހައްނާން ހުސެއިނެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.
ޖުމްލަ 38 މިލިއަން ޑޮލަރު ހަރަދުވާ މި މަޝްރޫއު ނިންމަން ދީފައިވަނީ 30 މަސް ދުވަހެވެ.
އޭގެ އިތުރުން ހެލްތުން ވަނީ ނ.ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އިވޮސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮޔެކޮށްފައެވެ.
ސައްކަތުގެ ޖުމްލަ އަގަކީ 24,755,904.92ރ (ސައުވީސް މިލިއަން ހަތްލައްކަ ފަންސާސް ފަސްހާސް ނުވަސަތޭކަ ހަތަރު ރުފިޔާ ނުވަދިހަ ދެލާރި) އެވެ. މަސައްކަތް ނިންމަން ދީފައިވަނީ މީލާދީގޮތުން 365 ދުވަހެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ