ޖިންސީ ކުށުގެ ތުހުމަތަށް ސްރީލަންކާގެ ޕާލަމެންޓު ބަލައި ފާސްކުރުމުގެ ތެރެއިން ދެ ބާލީހާއި ގޮދަޑި ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އޮފިޝަލަކު ވިދާޅުވީ ޕާލަމެންޓްރީ އެ ތަކެތި ފެނިފައިވަނީ ކޮމެޓީގެ ޖަލްސާ ބާއްވާ ކޮޓަރިން ކަމަށާއި އެ ތަކެތި އެތަނަށް އެތެރެވި ގޮތް ބަލަމުން އަންނަ ކަމަށެވެ. މި ދެ ބާލީހާއި ގޮދަޑި ފެނިފައިވަނީ މަޖިލީހުގެ އޮފިސަރަކު ކޮމެޓީ ރޫމްތައް އިންސްޕެކްޓް ކުރުމުގެ ތެރެއިންނެވެ.
ކޮމިޓީ ރޫމްތައް ބަލައި ފާސްކޮށްފައި މިވަނީ ޕާލަމެންޓުގެ ހައުސްކީޕިން ޑިޕާޓްމަންޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު އޮފިސަރުންގެ މައްޗަށް ކުރެވުމައި ގުޅިގެންނެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމަށް އެކުލަވާލި ތިން މެމްބަރުންގެ ކޮމިޓީން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަދި އެކަމާ ގުޅިގެން އަންހެން މުވައްޒަފުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 20 ވަރަކަށް މީހުންގެ ބަޔާން ކޮމިޓީން މިހާރު ވެސް ނަގާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.
އެ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވުމަށް މަޖިލީހުގެ ބައެއް އޮފިޝަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސްވެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު