އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ގާތްގަނޑަކަށް 50 މީހުން މަރުވެއްޖެއެވެ.
އޭގެ ތެރެއިން ނުވަ މީހަކު މަރުވީ ސްޓޭޓްގެ ވެރިރަށް ޝިމްލާގެ ހިންދޫންގެ ފައްޅި އެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައެވެ. އަދިވެސް އިތުރު ބަޔަކު ތާށިވެފައި ތިބެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ޗީފް މިނިސްޓަރު ސުކްވިންދަރު ސިންގް ސުކާ ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިމާޗަލް ގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެތައް ސަތޭކަ މަގެއް ބަންދުކޮށްފައިވާއިރު ކަލްކާ-ޝިމްލާ ރޭލްވޭގެ ބައެއް ބައިތައް ވަނީ އޮޔާ ގޮސްފައެވެ.
ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ސުކާ ވިދާޅުވީ ސްޓޭޓްގެ އެހެން ހިސާބުތަކަށް ބޯކޮށް ވާރޭވެހި 14 މީހުން މަރުވެފައިވާ ކަމަށެވެ.
މަންޑި ކިޔަ އަވަށުގައި ފެންބޮޑުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހިއްސާކުރައްވާ ޗީފް މިނިސްޓަރު ވިދާޅުވީ ހަތް މީހަކު ފެންގަނޑުގައި އޮޔާ ގޮސްފައިވާ ކަމަށެވެ.
ހިމާޗަލް ޕްރަދޭޝް، ހާއްސަކޮށް އެ ގައުމުގެ ވެރިރަށް ޝިމްލާއަށް އެތައް ހާސް ޓޫރިސްޓުން ޒިޔާރަތްކުރަނީ އެ ސްޓޭޓްގެ ފިނި މޫސުމާއި ހިތްގައިމު މަންޒަރުތައް ބަލާލުމަށެވެ.
ފެންބޮޑުވުމަށް ގިނަ ސަބަބުތަކެއް މެދުވެރިވި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑެވެ. ދުނިޔެ މިހާރުވެސް ވަނީ ގާތްގަނޑަކަށް 1.1 ސެލްސިއަސް ހޫނުވެފައި ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ވަރަށް ބޮޑަށް މަދުކޮށްގެން ނޫނީ ފިނި ހޫނުމިން އިތުރުވަމުން ދާނެ ކަމަށްވެއެވެ.
އުއްތަރަކާންދު ސްޓޭޓަށް ވެސް ބޯކޮށް ވާރޭ ވެހެމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ބަޔަކު ވަޅުލެވިފައިވާ ކަމުގެ ބިރު އޮފިޝަލުންނަށް އެބައޮތެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު