އަރބަންކޯ ފޯ ބިޒްނަސް - ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭ އެއް.
އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
އާބަންކޯ އިން ބުނީ އެ އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކޯޕަރޭޝަންގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު އެ ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިނުން ކަމަށް އާބަންކޯ އިން ބުންޏެވެ.
އެގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދެވިގެން ދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
މީގެ އިތުރުންވެސް، އެ ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން އެ ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.
އާބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަހު، އާބަންކޯ އެގްޒިބިޝަން ސެންޓަރުގައި 10:00 – 20:00 އަށެވެ.
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރަން ސަރުކާރުގެ ބިލެއް މަޖިލީހަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާ ދެއްވައިފި
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި