ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިޔަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ.

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. ފަނަހާސް ރުފިޔާ އިން ފެށިގެން 25،000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25،000 ރުފިޔާ އިން ފެށިގެން 35،000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭއިރު 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ.

[caption id="attachment_52625" align="alignnone" width="1152"] އަލަށް ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ހިންގާ މި ޕްރޮމޯޝަން އެސްޓީއޯން މިދިޔަ ދެ އަހަރު ވެސް ކުރިއަށް ގެންދިޔަ[/caption]

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމް ތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި ,އެސްޓިއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމަތު އަދި އައިޑީ ކާޑު ބޭނުން ވާނެއެވެ.