ސައިނައިޑް ދީގެން 12 ރަހުމަތްތެރިން މަރާލި ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ތައިލެންޑުން ހައްޔަރުކޮށްފިއެވެ.
އެ ތުހުމަތުތަކަށް ސަރަރަތު ރަންގްސިވުތަޕޯން ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ވިހަދީގެން ރައްޓެހިން މެރިކަމުގެ ތުހުމަތު ސަރަރަތު އަށް ކުރެވުނީ މި މަހުގެ ކުރީކޮޅު އޭނާއާ އެކު ދަތުރު ދިޔަ ރައްޓެއްސެއްގެ އާއިލާ މީހުންނަށް ޝައްކުތަކެއް އުފެދިގެންނެވެ. އެއާއެކު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ.
ތައިލެންޑް ފުލުހުން ބުނީ ކުރީގެ ލޯބިވެރިޔާ ހިމެނޭ ގޮތަށް 11 މީހަކު، މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން މަރާލާފައިވަނީ މާލީ ސަބަބުތަކަކަށް ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ސަރަރަތު ވަނީ އެ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފައެވެ. ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބެންކޮކްގެ ހުޅަނގުގައި އޮންނަ ރަތްޗަބުރީ ޕްރޮވިންސަށް އެކުވެރިޔާއާ އެކު ސަރަރަތު ދަތުރުކުރިއެވެ. އެތަނުގައި އޮތް ބުޑިސްޓުން ދީނުގެ ހަރަކާތެއްގައި އުޅެމުން ދަނިކޮށް އޭނާގެ އެކުވެރިޔާ ސިރިޕޯން ހާންވޮންގް ކޯރުގެ އައްސޭރިއަށް ވެއްޓި މަރުވިއެވެ.
ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑުން ސައިނައިޑްގެ ނިޝާންތައް ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނުއިރު ފޯނާއި ވޮލެޓް ވަނީ ގެއްލިފައެވެ.
ދެން ތިބި މީހުންވެސް މަރުވެފައިވަނީ އެފަދަ ގޮތަކަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެ މީހުން މެރުމުގެ ކަންތައް ފެށީ 2020 ވަނަ އަހަރު ކަމަށް ފުލުހުންނަށް ގަބޫލުކުރެއެވެ.
މަރުވި އެންމެންގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް މަރުވި މީހުންގެ ތެރޭގައި ސަރާރަތުގެ ކުރީގެ ބައިވެރިޔާގެ އިތުރުން އަންހެން ދެ ފުލުހަކު ވެސް ހިމެނެއެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ސަރާރަތުގެ ބައިވެރިޔާއާ ސުވާލުކޮށްފައިވާ ކމަށެވެ. ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދާދި ފަހުން އެ ދެ މީހުން ވަނީ ވަކިވެފައެވެ.
ފުލުހުން ބުނި ގޮތުގައި ޓާގެޓް ކުރި ކަމަށް ފުލުހުން ގަބޫލުކުރާ އެއް ރަހުމަތްތެރިއަކު ވަނީ އޭނާގެ 250،000 ބާތު (7،300 ޑޮލަރު) ދަރަންޏަށް ނަގާފައެވެ.
އަދި މަރުވި މީހުންގެ ގާތް ތިމާގެ މީހުން ވެސް ގަހަނާ އާއި ފައިސާ ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭރު އާއިލާތަކުން ސަރާރަތުއަށް ޝައްކެތް ނުކުރެއެވެ. އެހެންވެ މައްސަލައިގެ ހެކި ހޯދުމަކީ ގޮންޖެހުމަކަށް ވެދާނެ ކަމުގެ އިޝާރާތެއް ކަމަށް އޮފިސަރުން ވިދާޅުވިއެވެ. އަދި ބައެއް ހަށިތައް އަންދާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވާތާ އެތައް މަހެއް ފަހުން ހަށިގަނޑުން ސައިނައިޑް ދެނެގަނެވޭނީ ލީތަލް މިންވަރެއް ބޭނުންކޮށްފި ނަމައެވެ.
މި ވިހަގެ ސަބަބުން ހާޓް އެޓޭކް ޖެހުމަށް މަގުފަހިވެއެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ނޭވާލާން އުނދަގޫވުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.