އަލްއަގްސާ މިސްކިތުގެ އަލްގިބްލީ ހޯލުގައި ނަމާދުކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް، އިސްރާއީލު ސިފައިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއާ އެކު މުސްލިމުންގެ ރުޅިވެރިކަން ވަނީ އިތުރުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ ނަމާދަށް ގޮސް ހުއްޓާ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ގުދުސްއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ އަބްދުﷲ ޖަބޭރް ބުނީ ވީޑިއޯތަކުން ފެންނަ މަންޒަރަށްވުރެ ހާލަތު މާ ގޯސް ކަމަށެވެ.

https://twitter.com/HadiNasrallah/status/1643378478085988352

"އެމީހުން އަހަރުމެން އަތުގައި ބިޑިއަޅުވާފައި ބިންމަތީގައި އެތައް އިރެއް ވަންދެން ބޭތިއްބި، މީހަކު އިސްއުފުލާލިއްޔާ ބަޑި ދިއްކުރޭ" މިޑްލް އީސްޓްން އައި ނޫހާ ވާހަކަ ދައްކަމުން ޖަބޭރް ބުންނެވެ.

https://twitter.com/Declaracion/status/1643716549671284738

"އަހަރެންގެ ފަޔަށް ތަދުވާތީވެ އެ ވާހަކަ ބުނިމާ އޮފިސަރު ޖެހީ އަހަރެންގެ މޭމަތީގައި، ދެން އައުގުރާނާ ގޮވަން ފެށީ،" އޭނާ ބުންޏެވެ.

މިސްކިތުގައި ތިބި މީހުން ބިން މައްޗަށް ވައްޓާލައި، އެ މީހުންނަށް އަނިޔާކޮށް ކަރުނަ ގޭސް ޖަހާފައިވެއެވެ.

ޖަބޭރު ބުނި ނަމާދު ހޯލުން ނެރުމަށް ފަހު ވެސް އަނިޔާކުރި ކަމަށެވެ. ހޯލުން އެ މީހުން ދަމާ ކޫއްތާފަ ގެންދިޔަ ވަގުތުވެސް ސިފައިން ދިޔައީ އަނިޔާކުރަމުންނެވެ. ސިފައިން ވަނީ ފަލަސްތީނުގެ ގާތްގަނޑަކަށް 400 އެއްހާ މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި ނަމަވެސް ފެނުނު މަންޒަރުތަކާއި އިހްސާސް ކުރަން ޖެހުނު ކަންތައްތަކާއި ހެދި ޖަބޭރު ހުރީ އަދިވެސް ޝޮކެއްގެ ތެރޭގައެވެ.

ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލީ އެއް ހަފްތާއަށް، އަގްސާ މިސްކިތަށް އެރުން މަނާކުރާ ކަރުދާހުގައި ސޮއިކުރުވައިގެންނެވެ. ސޮއިކުރީވެސް މަޖުބޫރު ކޮށްގެންނެވެ.

https://twitter.com/mshafiquk/status/1643589361911357443

ރެއަކީ ސަނާ އަލް ރަޖާބީ ފަދަ ފަލަސްތީނުގެ މައިންނަށް ނުތަނަވަސްކަން އިންތިހާއަށް އިތުރުވި ރެއެކެވެ.

ދަރިފުޅު އައްމާރު ހައްޔަރުކުރީ އަގްސާ މިސްކިތުގައި މަންމައާ ފޯނުން ވާހަކަ ދައްކަމުން ދަނިކޮށެވެ. އެއާއެކު ފޯނު ލައިން ވަގުތުން ކެނޑުނެވެ. ނަމާދުކުރަން ތިބި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި އައްމާރުވެސް ހިމެނެއެވެ.

"ދަރިފުޅާ މެދު ވަރަށް ބޮޑަށް ކަންބޮޑުވި. އަލްގިބްލީ ހޯލުގައި ނަމާދުކުރާ މީހުން އެތަނުން ނުކުތުމަށް ދެކޮޅު ހެދުމުން އިޒްރޭލު ސިފައިން އެ މީހުންނަށް އަނިޔާކުރަން ފެށީ. އެމީހުންނާ ދިމާލަށް ސައުންޑް ބޮމާއި ކަރުނަގޭސް ޖެހި ދެން އޭގެ ތެރެއިން ގިނަ ބައެއްގެ ގަޔަށް ރަބަރު ބުލެޓްތައްވެސް ޖެހި،" އޭނާ ކިޔައިދިނެވެ.

އިސްރާއީލު ސިފައިން އަގްސާ މިސްކިތުގެ ގޯތި ތެރެއިން ފަލަސްތީނު މީހުން ނެރެން ފެށީ ރޭ ފަލަސްތީނު ގަޑިން 10:00 ޖެހި ހާއިރުއެވެ. އެއީ ތަރާވީސް ނަމާދަށް ފަހު އެތައް ބަޔަކު އިއުތިކާފުގައި ތިއްބާއެވެ.

އިޒްރޭލުން، މިއަހަރު ފަލަސްތީނު ރައްޔިތުންނަށް އިއުތިކާފު ކުރުމުގެ ފުރުސަތު ނުދެއެވެ. އެ މީހުން އުޅުނީ ބާރުގެ ބޭނުންކޮށްގެން ތަރާވީހު ނަމާދަށް ފަހު މިސްކިތުން މީހުން ހުސްކުރުމަށެވެ.

https://twitter.com/jeremycorbyn/status/1643641655797448704

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ އާއި އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހަމަލާތަކުގައި ޒަހަމްވެފައެވެ. އަދި ޒަހަމްވި މީހުންނަށް ފަރުވާދޭން މެޑިކަލް މުވައްޒަފުން ވަނުމުގެ ހުރަސްއެޅިއެވެ. އެކަކަށް ވަނީ ހަމަލާވެސް ދީފައެވެ.

ހަމަނުޖެހުންތައް އިތުރުވުމާއެކު ފަލަސްތީނުގެ ރައްޔިތުން އެއްވެ ހުޅަނގު އައްސޭރިއާއި ގައްޒާގެ އިތުރުން އިސްރާއީލުގެ އުތުރުގައި އޮންނަ ފަލަސްތީނުގެ އުމް އަލް-ފަހުމް އަވަށުގައި މުޒާހަރާކުރަން ފެށިއެވެ.

https://twitter.com/OnlinePalEng/status/1643932648081874944

ރޭގެ ފަހުން އައްމާރުގެ ފަރާތުން ރަޖާބީއަށް އެއްވެސް ހަބަރެއް ލިބިފައެއް ނުވެއެވެ.

"އެންމެ ފަހުން އޭނާ ބުނި ވާހަކައަކީ ސިފައިން ނަމާދު ކުރާ ތަނުގެ ތެރޭގައި ކަރުނަގޭސް ޖަހައި، ރައިފަލާއި ގޮނޑިން ހަމަލާ ދިން ވާހަކަ" ސަނާ ބުންޏެވެ.

ބުދަ ދުވަހުގެ ހެނދުނު ގުދުސްގެ އަތާރޮޓް ޕޮލިސް ސްޓޭޝަން ގެ ބޭރުގައި ބަންދުގައި ތިބި މީހުންގެ ގިނަ އާއިލާތަކެއް ވަނީ އެއްވެފައެވެ. އެމީހުން ދޫކޮށްލުމަށްޓަކައި ގާތް ތިމާގެ މީހުންނާ އެކު މަޝްވަރާ ކުރަން އިސްރާއީލު ފުލުހުން މަސައްކަތް ކުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ވަކީލް ހާލިދު ޒަބަރްކާ ވިދާޅުވީ ފަލަސްތީނުގެ ގިނަ ބަޔަކު ދޫކޮށްލާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.