އަންހެނަކާ ޖިންސީ ގުޅުން ހިންގުމަށްފަހު، އެ ވާހަކަ ފަޅާނޭރުވުމަށް ޝަރުތުކުރުމުގެ ގޮތުން ފައިސާ ހުށަހެޅި މައްސަލައެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ އަޑުއެހުމަށް ކޯޓަށް ވަޑައިގެންނެވުމުން، އޭނާ ހައްޔަރުކޮށްފިއެވެ.
އުމުރުން 76 އަހަރުގެ ޓްރަމްޕް ވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރިހުގައި ފުރަތަމަ ފަހަރަށް ދައުވާ އުފުލުފާއިވާ ކުރީގެ ރައީސަށެވެ.
ޓްރަންޕުގެ މައްޗަށް ޖިނާއީ ދައުވާ އުފުލީ ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު، ޖިންސީ ގުޅުން ހިންގުމަށްފަހު، އެކަން ސިއްރުކުރުމަށް އެ އަންހެން މީހާއަށް 130،000 ޑޮލަރު ހުށަހެޅި މައްސަލާގައެއްގައެވެ. އެ އަންހެން މީހާއާ އެކު ޓްރަންޕު ގުޅުން ހިންގީ 2006 ވަނަ އަހަރުއެވެ. އެ މައްސަލަ ފެންމަތިވެ، ޑްރަންޕަށް ފާޑުކިޔުން އަމާޒުވާން ފެށީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ޓްރަންޕު ވަޑައިގަންވަން އުޅުމުންނެވެ. އެ ވާހަކަ ފަޅާނާރުވައި، ވާހަކަ “ހިންދާލުމަށް” އެ އަންހެން މީހާއަށް، ޑްރަންޕު ފައިސާ ހުށަހެޅީ އޭނާގެ ވަކީލް މެދުވެރިކޮށެވެ.
އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޓްރަމްޕް ވަނީ މިހާރު ޝަރިއަތުގެ މަޖިލީހަށް ވަދެވަޑައިގެންފައެވެ. ކޯޓުގެ އެތެރޭގެ މަންޒަރުތައް ނަގަން ހުއްދަ ދީފައިވަނީ ފަސް ފޮޓޯގްރާފަރުންނަށެވެ. ނަމަވެސް ކޯޓުގެ މަންޒަރުތައް ވީޑިއޯ ކުރުން މަނާވާނެއެވެ. ޓްރަމްޕުގެ ޝަރީއަތް ކުރިއަށްދާއިރު، އެ ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ. އޭގެ ތެރޭގައި ޓްރަމްޕުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ހިމެނެއެވެ. ހަމަނުޖެހުން ހިންގާނެ ކަމަށް ބަލައި މުޅި ނިއުޔޯކްގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޓްރަމްޕާ ދެކޮޅަށް 34 ދައުވާއެއް ކޮށްފައިވާއިރު ޓްރަމްޕް ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި