މިއަދު ކޯޓުގައި ބާއްވާ އަޑު އެހުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކް ސިޓީއަށް ވަޑައިގެންފިއެވެ.

ޓްރަންޕުގެ މައްޗަށް ޖިނާއީ ދައުވާ އުފުލީ ބަރަހަނާ ފިލްމުކުޅޭ ސްޓޯމީ ޑެނިއަލްސް ކިޔާ އަންހެނަކާ އެކު، ޖިންސީ ގުޅުން ހިންގުމަށްފަހު، އެކަން ސިއްރުކުރުމަށް އެ އަންހެން މީހާއަށް 130،000 ޑޮލަރު ހުށަހެޅި މައްސަލާގައެއްގައެވެ. އެ އަންހެން މީހާއާ އެކު ޓްރަންޕު ގުޅުން ހިންގީ 2006 ވަނަ އަހަރުއެވެ. އެ މައްސަލަ ފެންމަތިވެ، ޑްރަންޕަށް ފާޑުކިޔުން އަމާޒުވާން ފެށީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ޓްރަންޕު ވަޑައިގަންވަން އުޅުމުންނެވެ. އެ ވާހަކަ ފަޅާނާރުވައި، ވާހަކަ “ހިންދާލުމަށް” އެ އަންހެން މީހާއަށް، ޑްރަންޕު ފައިސާ ހުށަހެޅީ އޭނާގެ ވަކީލް މެދުވެރިކޮށެވެ.

ސްޓޯމީ ޑެނިއަލްސް 2016 ވަނަ އަހަރު ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ 2006 ވަނަ އަހަރު ޓްރަމްޕާ އޭނައާ ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ.

https://twitter.com/CNN/status/1642936939060903970

ކަމަކާއި ގުޅޭ ގޮތުން ވާހަކަ ނުދެއްކުމަށް މީހަކަށް ފައިސާ ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ނޫނެވެ.

ސްޓޯމީ އަށް ވަކީލުން ދިން ފައިސ،ާ އަނބުރާ ޓްރަމްޕް އޭނާގެ ވަކީލަށް އަނބުރާ ދައްކަވަމުން ވިދާޅުވެފައި ވަނީ އެއީ ލީގަލް ފީއެއް ކަމަށެވެ. މިއީ ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލުމެވެ. އެއީ ނިއުޔޯކްގައި ޖިނާއި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ.

ޕްރޮސެކިއުޓަރުން ބުނީ ސްޓްމީ އަށް ދެއްކީ ފައިސާ ފޮރުވަން މަސައްކަތް ކުރުމަކީ އިންތިހާބީ ގާނޫނުތަކާ ހިލާފުވުން ކަމަށެވެ. ކުށެއް ފޮރުވަން ރެކޯޑްތައް އޮޅުވާލުމަކީ ވެސް ސީރިއަސް ދައުވާއެކެވެ.

https://twitter.com/JackPosobiec/status/1642992609529397249

ފްލޮރިޑާގެ ޕާމް ބީޗުން ނިއުޔޯކްގެ ލަގާޑިއާ އެއާޕޯޓަށް ޓްރަމްޕް ވަޑައިގެންނެވީ އަމިއްލަ ފްލައިޓުގައެވެ. އެއަށް ފަހު ވަޑައިގެންނެވީ ނިއުޔޯކް ގައި މަޑުކުރައްވާ ޓްރަމްޕް ޓަވަރަށެވެ. ޓްރަމްޕުގެ ކޯޓުގެ އަޑުއެހުން އޮންނަނީ މެންހެޓަންގެ ކްރިމިނަލް ކޯޓު ބިލްޑިންގައި އަންގާރަ ދުވަހު އެމެރިކާ ގަޑިން 2:15 ގައެވެ.

ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ޓަވަރާއި ނިއުޔޯކްގެ ކޯޓްހައުސްގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އެފްބީއައި އާއި ނިއުޔޯކް ގެ ފުލުހުންނާއި ކޯޓު އޮފިސަރުންނާއި ސީކްރެޓް ސާވިސް ފަދަ ގާނޫނު ތަންފީޒުކުރާ ގިނަ އިދާރާތަކެއް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

https://twitter.com/SweetPeaBell326/status/1642977824213434371

ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވީ އެ ސިޓީއަށް އެއްވެސް ނުރައްކަލެއް އޮތްކަން އެނގިފައި ނުވާ ކަމަށާއި ނަމަވެސް އޮފިޝަލުން ތިބީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. އަދި ހަމަނުޖެހުން އުފެދިދާނެ ފަރާތްތައް އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، އެކަށީގެންވާ ގޮތެއްގައި އަމަލުކުރުމަށް އިންޒާރު ދެއްވިއެވެ.