ސައުދީ އަރަބިއްޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 އުމްރާވެރިން މަރުވެ 29 މީހުން ޒަހަމްވެއްޖެއެވެ.
އުމްރާވެރިން ގޮވައިގެން މައްކާއަށް ދަތުރުކުރި ބަސް ފުރޮޅާލީ ހުޅަނގު ދެކުނު ޕްރޮވިންސް ކަމަށްވާ އާސިރުގެ ބްރިޖެއްގެ މަތިންނެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުންނަމަ ބަސް ފުރޮޅާލުމާއެކު އެ ބަހުގައި ވަނީ އަލިފާން ރޯވެފައެވެ. އެކްސިޑެންޓްވި ސަބަބު ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ އިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހާދިސާ ހިނގި ބަހުގެ ބުރަކީގެ މައްސަލައަކާއި ގުޅިގެންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބަހުގެ ބުރަކި ފޭލްވީ ބްރިޖު މަތިންނެވެ. އެއަށް ފަހު ބަސް ބްރިޖުގައި ޖެހި، ފުރޮޅާލިއެވެ. އަދި އަލިފާން ރޯވިއެވެ. ސައުދީގެ އަލް އަރަބިއްޔާ އިން ބުނީ މަރުވި މީހުންނަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށާއި އޭގެ ތެރޭގައި ސައޫދީގެ ގިނަ ބަޔަކު ވެސް ހިމެނޭ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަދީނާ ކައިރީގައި ބަހަކާއި ބަރު ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 35 ވަރަކަށް ބިދޭސީން މަރުވެ ހަތަރު މީހަކު ޒަހަމްވިއެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން