ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮތެއް ނިންމަވާނީ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
https://twitter.com/ShimranAb/status/1632666099786600448?s=20
އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާ އަށް އިމްރާން މިއަދު ގާސިމާ ބައްދަލުކުރެއްވި ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީއާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ ފަރާތުން ވަނީ ދައުވަތު އަރުވައިފައެވެ. ނަމަވެސް އަދި ޖުމްހޫރީ ޕާޓީން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.
ނަމަވެސް އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައިފައެވެ. އަދާލަތުގެ އިތުރުން އެމްޑީއޭ އިން ވެސް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމައިފައެވެ.
އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް މައުމޫންގެ އެމްއާރްއެމް އަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނެވެ. އެކަމަކު އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އެމްއާރްއެމް އިން ވެސް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް