މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިގެން ހޯދަމުންދާ މީހެއްގެ ފޮޓޯ މިއަދު ފުލުހުން އާންމުކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ)އެވެ.
ފުލުހުން ބުނީ ވީނުވީއެއް ނޭނގި އާރިފް ގެއްލިފައިވާ ކަމަށް ފެބުރުވަރީ 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
“އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީ، އަލީ އާރިފް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަަމުން. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައެއް ނުވޭ،” ފުލުހުން ކުރި ޓްވީޓެއްގައިވެއެވެ.
އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން