"މި ސަރަހައްދުގައި އުޅޭނެ ކުދިން ކުޅޭށާއި ވޮލީކުޅުމާއި އީދު ދުވަހުގެ ކުޅިވަރު ކުޅެން،" ގޮނޑުދޮަށާ ދިމާލަށް އިޝާރާތް ކޮށްލުމަށް ފަހު އަލީ ރަޝީދު ބުނީ މިހެނެވެ. ކުރިން، ފިނި ވައި ޖައްސާލަން ޖޯލިފަތިތައް ހުންނަ އެ ސަރަހައްދުގައި މިހާރު ދިރުމެއް ނެތެވެ. "ކަޅުކޮށް އެއޮތް ވިނަގަނޑު އެއީ ގޮނޑުދޮށް،" ރަށުގެ އުތުރު ފަރާތު ވިލުތެރެއަށް އިނގިލިން އިޝާރާތް ކުރަމުން ގއ މާމެންދޫ، އާރާމްގެ، އަލީ ރަޝީދުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ރާއްޖޭގެ އެހެނިހެން ރަށްތަކެކޭ އެއްފަދައިން ރަށް ގިރުމުގެ މައްސަލައަކީ މާމެންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. ރަށުގެ ހުޅަނގު ފަރާތާއި ޖެހެންދެން ބޮޑު ބައެއް ވަނީ ގިރާފައެވެ. ރާޅުބޮޑުވެގެންދާއިރު އެ ސަރަހައްދުގައި ހުންނަ ގެތަކަށްވެސް އަސަރުކުރެއެވެ. ރާޅު އަރައިގެން އައިސް، ބައެއް ގޯތި ތަކަށް ލޮނުގެ ވަދެފައިވެއެވެ. އަދި ރަށުގެ ފެން ފަށަލަ ހަލާކުވެ، ވަޅު ފެން ލޮނުވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

"ރާޅު ބޮޑުވެއްޖެއްޔާ ރާޅު އަރައިގެން ގޮސް ގޭ އެތެރެއަށް ލޮނުގަނޑު އެބަ ވަނދޭ. އެހާވަރަށް ގިރަމުން މިދަނީ،" އަލީ ރަޝީދު އޭނާގެ އިހުސާސްތައް ބަންޑުންކޮށްލިއެވެ.

[caption id="attachment_47111" align="alignnone" width="1024"] މާމެންދޫ ކައުންސިލް މެންބަރު މިސްބާހު މުޖުތަބާ (ވ) އަދި އެ ރަށު އަލީ ރަޝީދު: ރަށް ގިރަމުންދާ ގޮތް ކިޔައި ދެއްވި-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން.[/caption]

މާމެންދޫ ކައުންސިލްގެ މެންބަރު މިސްބާހު މުޖުތަބާ "ހަތާވީސް"އަށް ވިދާޅުވި ގޮތުގައި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަނީ ތިން ކަމެއްގެ ސަބަބުންނެވެ. އެއީ މޫސުން އަދި އެ ސަރަހައްދުގެ އޮއިވަރު ބަދަލުވުމެވެ. ރަށުގެ ހަރުމީހުން ވެސް ކިޔައި އުޅެ ގޮތުންނަމަ މައްސަލަ ދިމާވެގެން އުޅެނީ ކޫއްޑޫގެ ރަންވޭ ބޮޑުކުރުމުންނެވެ. ‏ކޫއްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 2017 ވަނަ އަހަރު، ކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ދިގު ކޮށްފައިވެއެވެ.

[caption id="attachment_47099" align="aligncenter" width="1280"] ކޫއްޑޫ އެއަރޕޯޓް: މި ރަށަކީ މާމެންދޫއަށް ކައިރީގައި އޮން ރަށެއް، މާމެންދޫ އުތުރު ފަރާތް ގިރާފައި ވަނީ ކޫއްޑޫ ރަންވޭ ބޮޑުކުރުމުން ކަމަށް ބުނެވޭ-- ހަތާވީސް ފޮޓޯ/ އަހުމަދު ރަޝީދު (ދޮންކޮޅު)[/caption]

"ރަށުގެ ޖެޓީ އެބައިން އެކްސްޓެންޑް ކޮށްލާފައި އެކްސްޓެންޑް ކުރުމުގެ ތެރޭގައި އެބައިން ސްލިޕްވޭ އިންނަ ފަޅިން ކުރިން އުސްކޮށް އިންނަތަނެއް. އެތަން މިހާރު އެބައިން ލެވެލްކޮށްފާއި އެ ލެވެލްކުރުމުގެ ސަބަބުން މިހާރު ސްލިޕްވޭ އަށް އެބަ ވަދޭ ގިނަ އަދަދެއްގެ ވެލި އެ ވެލިތައް މި ނަގަނީ މައްޗަށް،" ތަފްސީލުކޮށްދެމުން މިސްބާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުރުވާ ވެލިގަނޑު ނުނެގޭ ކަމަށާއި އެއީވެސް ރަށް ގިރުމަށް ދިމާވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ކުރެވިފައި ވަނީ ކޮން ކަމެއްތޯ ސުވާލުކުރުމުން މިސްބާހު ވިދާޅުވީ ގިރާ ސަރަހައްދުގައި ފާލަމެއް ހަދަންވެގެން މަޝްވަރާތަކެއް ކުރި ކަމަށެވެ. ފަލަމެއް ހަދަނާމަ އީޕީއޭގެ ހުއްދަ ބޭނުންވެއެވެ. "މިކަން ސަމާލުކަން ގެންނަން އަޅުގަނޑުމެންވާނެ މިނިސްޓްރީއަށް ސިޓީ ލިޔެފައި. މިނިސްޓްރީއާ ބައްދަލުވެސް ކޮށްފައި،" އޭނާ ބުންޏެވެ.
އުއްމީދު ލިބުނީ ރައީސްގެ ފަރާތުން

"[2023] ފެށޭއިރުގައި ރަށްގިރުން ހައްލުކުރަން ބަޖެޓްގެ ތެރެއިން އެކަން ފަށާދޭނެ ވާހަކަ ދަންނަވަން،" މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާމެންދޫއަށް ވަޑައިގެން ރައީސް ސާލިހު ވިދާޅުވިއެވެ. މިއީ މާމެންދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެކެވެ.

ސަބަބަކީ ވެދިޔަ ސަރުކާރުން ވެސް، އެތަން ސަލާމަތް ކުރުމުގެ މަސައްކަތްކޮށްފައި ނުވުމުންނެވެ. މާމެންދޫ ރަށްގިރުުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބުންޏެވެ. އެކަމަކު ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަމަށް އެއްވެސް ހައްލެއް އޮތީ ނުލިބިފައެވެ.

[caption id="attachment_47098" align="aligncenter" width="2560"] ރައީސް ސޯލިހު މާމެންދޫ އަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން/ ފޮޓޯ:ރައީސް އޮފީސް[/caption]

"ރައީސަކު ވިދާޅުވެއްޖެއްޔާ އެކަން ކުރެވޭނެ... މިހާރު ރައީސްވަޑައިގެން ވިދާޅުވި އަޅުގަނޑުމެން އަޑުއަހަން ވިދާޅުވީ ހައްލުކޮށްދެއްވާނެ. ވަރަށް އުފާވޭ އެކަން ކުރެވޭ،" އެ ރަށު ރައްޔިތުން ތިބީ ރަށްގިރުމުގެ މައްސަަލައަށް ހައްލެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.