ތިން އަހަރު ދުވަސް ވަންދެން ގާމިނީ ސިންގްލާ އުޅުނީ ރައްޓެހިންނާ ދުރުވެގެނެވެ. ޗުއްޓީ އަށްވެސް ނުގޮހެވެ. އާއިލީ ބައްދަލުވުންތަކުން ވެސް އެކަހެރިވެގެންނެެވެ. ކޮންމެ ދުވަހަކު ފަތިހު ހޭލާ ގޮތަށް ގާމިނީ ކުރާހާ ވެސް ކަމަކީ ކިޔެވުމެވެ. ދުވާލަކު 10 ގަޑިއިރެވެ. މޮކް ޓެސްޓްތައް ހެދުމެވެ. ހަމައެކަނި ރައްޓެހިންނަކީ މައިންބަފައިންނާއި ކޮއްކޮއެވެ. "އެކަނިވެރިކަމަކީ އެކުވެރިޔާ، މި އެކަނިވެރިކަމުން ކުރިއަރަން މަގުފަހިވޭ،" އޭނާ ބުންޏެވެ.

ގާމިނީ ދިޔައީ ދުނިޔޭގެ އެންމެ އުނދަގޫ އެއް އިމްތިހާނު ކަމަށްވާ އިންޑިއާގެ ސިވިލް ސާވިސް އިމްތިހާނަށް ތައްޔާރުވަމުންނެވެ. އިންޑިއާގެ ޔޫނިއަން ޕަބްލިކް ސާވިސް ކޮމިޝަން (ޔޫޕީއެސްސީ)ގެ އިމްތިހާނުތަކުން ކޮންމެ އަހަރަކުވެސް ޒުވާން ފިރިހެނުންނާއި އަންހެނުން އެ ގައުމުގެ ސިވިލް ސާވީސްއަށް ވަދެއެވެ. ތިން މަރުހަލާއެއް ކަނޑަތުކުރަން ޖެހޭ އެ އިމްތިހާނުގައި ކޮންމެ އަހަރަކު ވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ކުރިމަތިލައެވެ. އިމްތިހާނުގެ ދެ ވަނަ މަރުހަލާ ނުވަތަ ލިޔުމުގެ މަރުހަލާ ކަނޑަތުކުރެވެނީ ވެސް ބައިވެރިވާ އެއް އިންސައްތަ ކެނޑިޑޭޓުންނަށެވެ.

ގާމިނީ އިމްތިހާނުގައި ބައިވެރިވީ 2021 ވަނަ އަހަރުއެވެ. އެ ފަހަރު ފާސްވާ ރޭޓް އުޅުނީ ވަރަށް ދަށުގައެވެ. އެއީ ފާއިތުވި އަށް އަހަރު ތެރޭގައި ފާސްވާ ރޭޓް އެންމެ ދަށްވި ފަހަރެވެ. އިންޓަވިއުއާ ހަމަޔަށް ދެވުނީ 1800 މީހުންނަށެވެ. 2021 ވަނަ އަހަރު އިމްތިހާނުން ފާސްވީ 685 މީހުންނެވެ. އިތުރު ދެ އަންހެނުން ހިމެނޭހެން ގާމިނީއަށް އަށް އިމްތިހާނުން ލިބުނީ ތިންވަނައެވެ. އިމްތިހާނުން ފާސްވުމާއެކު އޭނާއަށް، އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވީސް (އައިއޭސް)ގައި މަސައްކަތްކުރަން ފުރުސަތު ލިބެއެވެ. އައިއޭސް އެކުލެވިގެންވަނީ އިންޑިއާގެ 766 ޑިސްޓްރިކްޓްގެ ކަލެކްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖަރުންނެވެ. އިމްތިހާނުންވާ ފާސްވާ ކެނޑިޑޭޓުންނަށް އެ މީހަކު ބޭނުންވާ ސްޓޭޓެއްގައި މަސައްކަތް ކުރުމުގެ އިހުތިޔާރު ލިބެއެވެ.

[caption id="attachment_47031" align="aligncenter" width="976"] ގާމީނީ އާއިލާގެ މެމްބަރުންނާއެކު[/caption]

"ނަތީޖާ އައި ދުވަހު އުފަލުން ނަށަން ފެށުނީ،" އުމުރުން 24 އަހަރުގެ ގާމިނީ ކިޔައިދިނެވެ.

ލަންޑަން ޔުނިވާސިޓީގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (އެސްއޯއޭއެސް) ގެ ސޯޝިއޮލޮޖިސްޓެއް ކަމަށްވާ ސަންޖޭ ޝްރިވަސްތާވް ވިދާޅުވި ގޮތުގައި އިންޑިއާގައި ސިވިލް ސާވަންޓެއްގެ ވަޒީފާ އަކީ ޝަރަފުވެރި އަދި ބާރުގަދަ ވަޒީފާއެކެވެ. ސަރުކާރުގެ ވަޒީފާ ގައި ލޯނާއި ކުއްޔަށް ދޭ ސަބްސިޑީއާއި ދަތުރުފަތުރާއި ޗުއްޓީ ފަދަ އިނާޔަތްތައް "ކޮންސެޝަނަލް" ލިބެއެވެ. ވަކިން ހާއްސަކޮށް ސިވިލް ސާވިސްއަކީ ކުދި އަވަށްތަކުގެ މީހުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިފައިވާ ހިދުމަތެކެވެ.

ގާމިނީ ވަނީ އިންޖިނިއަރިންވެސް ހަދާފައެވެ. ސަރުކާރުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނީ ޑްރައިވިން ލައިސަންސް ހޯދުމަށް ލޯކަލް ގަވަމެންޓް ޓްރާންސްޕޯޓް އޮފީހަށް ގޮސް އުޅެނިކޮށެވެ.
އިމްތިހާނަށް ތައްޔާރުވިގޮތް
ގާމިނީ އިމްތިހާނަށް ތައްޔާރުވީ ދުވާ "މެރެތަން" އަކަށް ތައްޔާރުވާ ހެނެވެ. އޭނާ ކައި އުޅުނީ މޭވާ، ސެލްޑް އަދި ތަރުކާރިއެވެ. އެއަށް ފަހު ކޮންމެ ދުވަހަކުވެސް އޭނާ ދިޔައީ ގޭ ތެރޭގައި އެކި ކަހަލަ ކަސްރަތު ކުރަމުންނެވެ. ހުސް ވަގުތުގައި ކުރި ކަމަކީ ފޮތް ކިޔުމެވެ. އަމިއްލަ ގާބިލުކަން ދެނެގަތުމަށް އޮންލައިންކޮށް މޮކް ޓެސްޓެއް ހެދިއެވެ. "[ކުރީގެ] ޓޮޕާތަކުގެ ވީޑިއޯތައް ބެލުމުން އަހަރެންނަށް އެނގުނީ ހަގީގަތުގައި 35-40 ސުވާލެއްގެ ޖަވާބު އެންމެންނަށް ވެސް އެނގޭކަން، ބާކީ އޮތީ އެ މީހުން ގެސްކޮށްފައި ލިޔާ ޖަވާބުކަން" އޭނާ ބުންޏެވެ.

[caption id="attachment_47038" align="alignnone" width="976"] ދުނިޔޭގެ އެންމެ އުދަނގޫ އެއް އިމްތިހާނުން ތިން ވަނަ ހޯދި ގާމިނީ[/caption]

މި މެރެތަން ވެގެން ދިޔައީ އޭނާގެ އާއިލާއާ ވެސް ހިއްސާކުރި ތަޖުރިބާއަކަށެވެ. ގާާމީނީ މަންމަ އަދި ބައްޕަަ އަކީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ ޑޮކްޓަރުންނެވެ. އެމީހުންގެ ބައިވެރިވުން އޭނާއަށް ވަރަށް ބޮޑަށް ލިބުނެވެ.

"'އިމްތިހާނަށް ތައްޔާރުވުމުގެ 80 އިންސައްތަ އަކީ ނޫސްތަކުން"

އޭނާގެ ބައްޕަ ދިޔައީ ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން ނޫސް ގާމިނީއަށް ކިޔައިދެމުންނެވެ. މޮކް ޓެސްޓުތަކުގައި އޭނާގެ ބޭބެ އެހީތެރިވެދިނެވެ. އާއިލާއިން މަސައްކަތްކުރީ އެއްވެސް އުދަނގުލެއް ނެތި ގާމިނީއަށް ކިޔެވޭ ގޮތް ހެދުމެވެ.

ގެކުރި ކުރިމަތީގައި ހުރި ދެ އިމާރާތެއްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ސަބަބުން އޭނާގެ ކޮޓަރިއަށް އިރުގެ އަލިކަން އެޅޭތީވޭ އާއިލާއިން ގާމިނީ އަށް ކިޔަވަން ކޮޓަރިއެއްވެސް ހަމަޖެއްސިއެވެ.

މިސް ސިންގްލާ ނިސްބަތްވަނީ އިންޑިޔާގެ މެދުފަންތީގެ އާއިލާއަކަށެވެ. ބޮޑެތި ސިޓީތަކުގެ ކޯޗިން ސްކޫލްތަކަށް ދަރިން ފޮނުވުމަށް ފަގީރު އާއިލާތަކުން ބިމާއި ގަހަނާ ވިއްކާ ކަމަށް ސިވިލް ސާވިސްއަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މަގުބޫލު ކަރަންޓް އެފެއާޒް ޝޯއެއް ދައުލަތުގެ ޓީވީން ގެނެސްދިން ފްރޭންކް ރައުސަން ޕެރޭރާ ބުންޏެވެ.

ގާމިނީ ބުނި ގޮތުގައި ސިވިލް ސާވަންޓަކަށްވުމަކީ ލިބޭ ފުރުސަތެއްގެ އިތުރުން އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ ސަބަބުން އަސަރުވެސް ކުރާނެ ކަމަށެވެ. "ދުނިޔޭގެ އެންމެ އުނދަގޫ އިމްތިހާނުން ފާސްވިގޮތް" ގެ ނަމުގައި އޭނާ ވަނީ ފޮތެއްވެސް ލިޔެފައެވެ.

އެ ފޮތުގައި އޭނާގެ ތަޖުރިބާ އާއި ދިމާވާ ކަންތައްތަކާއި އާއިލާގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުތަކުން އަރައިގަންނާނެ ގޮތް އޭނާ ވަނީ ކިޔައީ ދީފައެވެ. ގާމިނީ މިހާރު ގެންދަނީ ޑިސްޓްރިކްޓްގައި އޭނާއާ ހަވާލުކުރާ ފުރަތަމަ އެސައިމެންޓަށް ތައްޔާރުވުމަށް އިންޑިއާގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. "އަރާމު ކުރަން ވީ ގޮތް ހަނދާން ނެތޭ" ތަމްރީނުތަކުގައި ގާމިނީ ބައިވެރިވަނީ އުފަލުންނެވެ. "ދިރިއުޅުން ހަލަބޮލިވާނެ" އޭނާ ބުންޏެވެ. "އަދި އަނެއްކާވެސް އަރާމުކުރަން އުނދަގޫވާނެ" ގާމިނީގެ ވާހަކަ ނިންމާލަމުން ބުންޏެވެ.