"ރައީސް ޔާމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް، އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް" މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ވާހަކައެކެވެ. މިހެން ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޖަލުގައި އެތައް ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަޝީދުއެވެ. ޔާމީނަކީ ހުދު މުހުތާރު ބޭފުޅެއް ކަމަށް ވިދާޅުވި ނަޝީދުއެވެ. އެމަނިކުފާނު އެހެން ވިދާޅުވެދާނެ ކަމަށް ގަބޫލުކުރަންވެސް ދައްޗެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރެއިން ނަޝީދުއަށް މި ވިދާޅުވެވޭނީ ކީކޭބާވައެވެ. މާބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެންނެވީ ކަމަށްވެސް ވެދާނެއެވެ.
[caption id="attachment_45616" align="aligncenter" width="1280"] ޕްރައިމަރީ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު އަރިހުގައި އެމަނިކުފާނުގެ ސަޕޯޓަރުން-- ފޮޓޯ/ ހަތާވިސް އޮންލައިން[/caption]
ތެލާއި ފެނާ އެއް ނުވާނެއޭ މީހުން ބުނެއުޅެއެވެ. އެކަމަކު މިއަދުގެ ހާލަތުގައި މި ފެންނަނީ ދިމާ އިދިކޮޅެވެ. ޕްރައިމަރީ ބާއްވަނީ އެމްޑީޕީގެ ދެ ކެނޑިޑޭޓުންގެ މެދުގައެވެ. އެކަމަކު ޕީޕީއެމުން ގެންދަނީ ހުއްޓުމެއް ނެތި ނަޝީދަށް ތާއިދުކުރަމުންނެވެ. ޝޯޝަލް މިޑިއގައި އުޅޭ ޕީޕީއެމް އެކްޓިވިސްޓުންވެސް މިއަދު ދުލު ކުރީގައި އޮތީ ނަޝީދެވެ. މީގެ ދުވަސްގަނޑެއް ކުރިން ނަޝީދާ ދިމާލަށް ގޮވިއެއްޗެހި މިއަދު ހަނދާންވެސް ނެތިއްޖެއެވެ. ރައީސް ސޯލިހަށް ފާޑުކިޔާ ނަޝީދަށް އެއޮތް ސަނާ ކިޔަނީއެވެ. ނަޝީދަށްވެސް ޕީޕީއެމް ކަމުދާން ފަށައިފިއެވެ.
[caption id="attachment_38814" align="aligncenter" width="1280"] އިދިކޮޅު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން ---[/caption]
މިވަނީ ކިހިނެއް ހެއްޔެވެ؟ ނަޝީދު ހޮވަން ޕީޕީއެމުން މިހާވަރަށް މަސައްކަތް މިކުރަނީ ކީއްވެބާވައެވެ؟ ޖަވާބު ވަރަށް ސާފެވެ. އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރެވޭނީ ނަޝީދު ޕްރައިމަރީ ކާމިޔާބު ކޮށްގެންނެވެ. ތާރީހު ބުނާ ގޮތުން އެގޮތަށް ކަން ހިނގުމަކީ ވަރަށް ގާތް ކަމެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނަޒަރު ހިންގާލީމަ މިކަން ވަރަށް ސާފެވެ. އެ އިންތިހާބުގައި ނަޝީދު ކޮޅަށް އަރާނެ ބަޔަކު ނުވިއެވެ. ކޯލިޝަން ހަދާނެ ބަޔަކުވެސް ނުވިއެވެ. މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ގޮތަށް ހުރިހާ ޕާޓީއެއް އެއިރު އޮތީ ނަޝީދާ އެއްކޮޅަށެވެ. ނަޝީދަށް ލިބުނީ 48 އިންސައްތައެވެ.
އެއާއެކު އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމް ކޯލިޝަނުންނެވެ. މި ފަހަރުގެ ޕްރައިމަރީ ނަޝީދަށް ކާމިޔާބުވިޔަސް އެމަނިކުފާނާ އެކު އެހެން އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމަކީ ވަރަށް ދުރުކަމެކެވެ. ސަބަބަކީ މި ސަރުކާރުގެ ކޯލިޝަން އޮތީ ރައީސް ސޯލިހުއާ އެކު ކަމަށް ވާތީއެވެ. އެއިން އެއްވެސް ޕާޓީއަކުން ވަކިން ވާދަކުރާނެކަން އަދި މިހާތަނަށް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.
[caption id="attachment_39337" align="aligncenter" width="1140"] ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ލީޑަރުން, "ޖަޒީރާ ހޮޅުއަށި" ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި: ފޮޓޯ / މިހާރު[/caption]
އެހެންވެ ރައީސް ސޯލިހަށް ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ކޯލިޝަނާއެކު ވެރިކަމަށް ނިކުތުމަށް އިއުލާން ކުރުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންވެ ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރުމަކީ ޕީޕިއެމުން އެންމެ ބޭނުންވާ ގޮތަށް ނުވެދާނެއެވެ. ނަޝީދަށް ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ޕީޕީއެމުން ބޭނުންވާ ގޮތްވާނެއެވެ. ނަޝީދަށް މީހަ ތާއިދުކޮށް އުޅޭ ސަބަބަކީ މިއެވެ. ހެވެއް އެދިގެންނެއް ނޫނެވެ. އެމްޑީޕީ ތެރެ ބައިބައި ކުރުމުގެ ނިޔަތުގައެވެ.