މިހާރު ދިވެހި ކަނބަލުންގެ މެދުގައި އެންމެ މަގުބޫލު އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން އެކި ބާވަތުގެ އައިޓަމްސް ލިބޭގޮތަށް މާލޭގެ މާކެޓްގައި އެންމެ އަގު ހެޔޮކޮށް ވިޔަފާރި ކުރަމުންދާ އެއް ފިހާރައަކީ އޯގާންޒާއެވެ.

މިދިޔަ އަަހަރުގެ މެދުތެރޭން ފެށިގެން ވިޔަފާރި ކުރަމުން އަންނަ މިފިހާރަވަނީ ގިނަ އަދަދެއްގެ އަންހެން ބޭފުޅުންނާއި ފެހުންތެރިން އަދި މިނޫނަސް ގިނަބައެއްގެ މަގުބޫލުކަން ކުޑަދުވަސް ކޮޅެއްތެރޭގައި ހޯދާފައެވެ. ސަބަބަކީ ކޮލިޓީ މޮޅު އެކި ބާވަތުގެ އަންހެންބޭފުޅުންނަށް ހާއްސަ މުދަލާއި ފަހަން ބޭނުން ކުރާ ފޮއްޗާއި އަދި މިނޫނަސް އެކި އަކި ބާވަތުގެ ސާމާނު އެއްތާކުން ލިބެން ހުންނާތީއެެވެ.

އަހަރުފެށުމާއި އެކު ޖީއެސްޓީ 8 ޕަސެންޓަށް ޖީއެސްޓީ ބޮޑު ކުރެވިގެން ދިޔުމާއި އެކު ވިޔަފާރި ކުރާ ގިނަ ފިހާރަތަކުން ވަނީ ތަކެތީގެ އަގަށް ގިނަބަދަލު ތަކެއް ގެެނެސްފައެވެ. ނަމަވެސް އޯގާންޒާގެ މެނޭޖުމަންޓުން ބުނީ ޖީއެސްޓީ ބޮޑު ކުރި ނަމަވެސް އޯގާންޒާ އިން ވިއްކާ އެއްވެސް މުދަލެއްގެ އަގަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ކުރިންވެސް ދެމުން އައި ގޮތަށް ގަންނަ މުދަލުން ޑިސްކައުންޓް ދިނުމާއި، އިތުރު ޕްރޮމޯޝަންތައްވެސް މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް އެ ފިހާރައިން މައުލޫމާތު ދިނެވެ. އޯގާންޒާގެ ޓީމުން ގަބޫލުކުރާ ގޮތުގައި އެފާރުތުން ވިއްކަމުން ގެންދާ މުދަލުގެ ކޮލިޓީ ވައްޓާނުލައި ހުރިހާ ބޭފުޅުންގެ އަތްފޯރާ ފަށުގައި އަގުތައް ބެހެއްޓުމަކީ އެފިހާރައިން އެންމެ އިސްކަންދޭ ޓާރގެޓެވެ.

މިހާރުގެ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެކި ޑިޒައިންތަކުގެ ރީތި ފޮއްޗާއި ހެދުން ފެހުމަށް ބޭނުންކުރާ ސާމާނުތަކާއި އެއާ ގުޅުންހުރި ތަފާތު ބާވަތްތައް އޯގަންޒާ އިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި ރޭނދާ, ޒިބު، ގޮށް، ވެލިފޮތި، އަދިވެސް އިތުރު ފެހުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބެން ހުރެއެވެ. އަދި ހަމަ އެހެންމެ އެކި ޑިޒައިން ތަކުގެ ބެޑްޝީޓް ފަހާ ފޮތިވެސް އޯގާންޒާ ފިހާރައިން ލިބެންހުންނާނެއެވެ.

މީގެ އިތުރުން ވެސް، އަންހެން ކުދިން ލާ ޓޮޕާއި، ހޫޑީސް، ހެދުން ފަދަ ތަކެތީގެ އިތުރުން ،ބޫޓު ފައިވާނާއި، ބޮލުއަޅާ ތޮތްޕާއި، އަންޑަގާމެންޓްސް، އަދި ބުރުގާ ފަދަ ތަކެތި ހެޔޮ އަގުގައި އޯގަންޒާ އިން ލިބެން ހުރެއެވެ.

އޯގާންޒާ” ހުންނާނީ ސޯސަންމަގު، އިބްރާޙިމް މިސްކިތް ހުރަސް ކޮށް ދާއިރު އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7816688 ގުޅާލުމުން ލިބޭނެއެވެ.