2022 ވަނަ އަހަރު އަހަރު ނިމި 2023 އަށް މަރުހަބާ ކިޔަމުންދާއިރު ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖަގާ ހޯދި އެންމެ ބޮޑު ހަބަރަކީ ރަޝިޔާއާ ޔޫކްރެއިންއާ ދެމެދު ފެށި ހަނގުރާމައެވެ. މިއަދާ ހަމަޔަށް އައިރުވެސް ހަނގުރާމަ ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. ހަނގުރާމަ ދިގުލައިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެއެވެ.
މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވިއެވެ. އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ. ދުނިޔޭގެ އިގްތިސާދީ ބޮޑު ކާރިސާއެއް ވަނީ އުފެދިފަ އެވެ.
ރަޝިޔާއިން ކޮންޓްރޯލް ނެގުން
2021 ވަނަ އަހަރުގެ ފަހުކޮޅެވެ. ޔޫކްރޭނު ކައިރި އޮންނަ ސްނޯ ފްރޮންޓިއާގައި ރަޝިއާ ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް އާންމުވިއެވެ. އަދި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އުފެދުނެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގައުމާ މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނުގެ ހިތޯބުގައި ޔޫކްރޭން ގައި އަސްކަރީ އޮޕަރޭޝަނެއް ހިންގާނެ ކަމަށް އިއުލާންކުރެއްވިއެވެ. ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ގައުމުގެ ރައްޔިތުން ހޭލެވުނީ އުތުރާއި އިރުއުތުރު، އިރުމަތީ އަދި ދެކުނުގެ މައިގަނޑު ހަތަރު ސަރަހައްދުން ރަޝިޔާގެ އެއްގަމު ސިފައިން އަރައި ގިނަ ތަންތަނަށް ހަމަލާދެމުންދާ އަޑަށެވެ. އެއާކު ޔޫކްރޭން ގައި ކުއްލި ހާލަތު އިއުލާން ކުރެވެނުވެ. ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއުލާންކުރެއްވިއެވެ.
[caption id="attachment_36816" align="alignnone" width="976"] ރަޝިޔާ ސިފައިންގެ ޓޭންކަރުތަކެއް: ފޮޓޯ / ރޮއިޓާސް[/caption]
ހަނގުރާމައިގެ ފުރަތަމަ މަހު ރަޝިޔާ ސިފައިން ޔޫކްރެއިންގެ ވެރިރަށް ކީވް އާއި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހާރްކީވްއަށް މިސްރާބު ޖަހަން ފެށިއެވެ. އަދި ދެކުނުގެ ސިޓީއެއް ކަމަށްވާ ކޭރްސަންގެ ކޮންޓްރޯލް ނެގިއެވެ. ކިއެވްގެ ބޭރުގައި އޮންނަ ބުޗާ ވެގެން ދިޔައީ ރަޝިއާއިން ވެރިރަށާ ދިމާލަށް ކުރިއަށް ދާން ކުރާ މަސައްކަތުގެ ސްޓްރެޓެޖިކް ބޭސްއަކަށެވެ. ނަމަވެސް އިރުމަތީ ޑޮންބާސް ސަރަހައްދު ހިފުމަށް ސަމާލުކަން ދޭނެ ކަމަށް ބުނެ ރަޝިއާއިން ކިއޭވް ސަރަހައްދުން އެގައުމުގެ ސިފައިން ފައިބަން ފެށިއެވެ. ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމުގެ ހެކިތައް ފެންނަން ފެށި އެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ބުޗާއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ޔޫކްރެއިން އަކީ "ކްރައިމް ސީނެއްގެ" ގޮތުގައި ސިފަކުރައްވާފައެވެ.
[caption id="attachment_37647" align="alignnone" width="1200"] ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ / ރޮއިޓާސް[/caption]
ޖޫން މަހާ ހަމައަށް ރަޝިއާއިން ޔޫކްރެއިންގެ ފަސްބައިކުޅަ އެއްބައި ކޮންޓްރޯލް ކުރިއެވެ. އޭގެ ތެރޭގައި ދެކުނުގެ ބަނދަރު ސިޓީ އެއް ކަމަށްވާ މަރިއުޕޯލް ވެސް ހިމެނެއެވެ. ސެޕްޓެމްބަރު މަހުގެ ޔޫކްރޭން ސިފައިންގެ ލަޝްކަރުތައް ކުރިއަށްވުރެ ހަރުދަނާވިއެވެ. އިރުއުތުރުގައި، ރަޝިޔާގެ ބަލިކަށި ކަމުގެ ނާޖާއިޒު ފައިދާ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ނެގިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔޫކްރެއިން ސިފައިން ހަރްކިވް ޕްރޮވިންސާއި އިޒިއަމް އަވަށުގެ ބޮޑު ސަރަހައްދެއް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.
އެކަމަށް ރައްދު ދެއްވައި ޕޫޓިން ވަނީ ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނުގެ ބައިނަލްއަގްވާމީ ގޮތުން ހިފާފައިވާ ހަތަރު ޕްރޮވިންސެއް ހިފަހައްޓާފައިވާކަން އިއުލާނު ކުރައްވާފައެވެ. މިފިޔަވަޅު އެޅީ ޑޮނެޓްސްކް، ލުހަންސްކް، ކޭރްސަން އަދި ޒަޕޯރިޒިއާގެ ވޯޓުލާ މީހުން ރަޝިޔާއާ ގުޅުމަށް ތާއީދުކޮށްފައި ވަނިކޮށެވެ.
ރެފިއުޖީން
ޔޫކްރެއިންގެ 40 މިލިއަނަށްވުރެ ގިނަ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން، އެ ހަމަލާއަށް ފަހު ވަކި ހިސާބަކުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ. 7.8 މިލިއަނަށްވުރެ ގިނަ ރެފިއުޖީން ޔޫރަޕަށް ދަތުރުކޮށްފައިވެއެވެ.
[caption id="attachment_36545" align="alignnone" width="624"] ޔޫކްރެއިން ދޫކޮށްދާ ބަޔަކު: ފޮޓޯ / ރޮއިޓާސް[/caption]
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ 27 މެމްބަރު ގައުމުތަކުން ޔޫކްރޭންގެ ރައްޔިތުންނަށް ތިން އަހަރު ވަންދެން ތިބުމާއެކު ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖެއްސިއެވެ. އދ. އިން ބުނެފައިވާ ގޮތުން ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން 16.5 މިލިއަން ޔޫކްރޭން ރައްޔިތުން އެ ގައުމުގެ ބޯޑަރު ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި 8.7 މިލިއަން މީހުން އެތެރެވެފައިވާ ކަމަށެވެ. ޔޫކްރޭން ދޫކޮށް ދިޔަ ގިނަ މީހުންނަކީ ކުޑަކުދިންނާ އަންހެނުންނެވެ. އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނުންނަށް އިރުޝާދު ދިނީ ހަނގުރާމަކުރަން ތިބުމަށެވެ.
46 ގައުމަކުން ދަތިކުރުމުގެ ފިޔަވަޅުތައް
ހަނގުރާމައިގެ ސަބަބުން ރަޝިއާއާ ދެކޮޅަށް 46 ގައުމަކުން ނުވަތަ ސަރަހައްދަކުން ޖުމްލަ 10،000 އަށް ވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ.
[caption id="attachment_36589" align="alignnone" width="1024"] ރަޝިޔާގެ ރައީސް ޕުޓިން: ފޮޓޯ / ރޮއިޓާސް[/caption]
އެގޮތުން އޮސްޓްރޭލިއާ، ކެނެޑާ، ފަރަންސޭސިވިލާތް، ޖަޕާން، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، އެމެރިކާ އަދި އީޔޫ ވަނީ ވަކި ވަކި ފަރުދުންނަށް 8،613 ފަރާތަކަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައެވެ. އަދި 92 އުޅަނދަކަށާއި 14 އެއާކްރާފްޓަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ.
އެމެރިކާ އާއި ޔޫރަޕްގެ އެހީ
ޖަރުމަނުގެ ތިންކް ޓޭންކެއް ކަމަށްވާ ކިއެލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫކްރެއިންއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ އެމެރިކާ، އީޔޫ އަދި ޔޫރަޕްގެ ގައުމުތަކުންނެވެ.
ކިއެލް އިންސްޓިޓިއުޓުން އެއްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޔޫކްރެއިންގެ ސަރުކާރުން މައިގަނޑު ގޮތެއްގައި އީޔޫ އަދި ޖީ-7 ގެ ގައުމުތަކަށް ދޭ އަސްކަރީ، މާލީ އަދި އިންސާނީ އެހީގެ އަދަދު ވަނީ ކަނޑައަޅައިފައެވެ. އަސްކަރީ އެހީގެ ތެރޭގައި ހަތިޔާރާއި އާލާތްތަކާއި ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޭނުންވާ މާލީ އެހީތެރިކަން ހިމެނެއެވެ. ހިއުމެނިޓޭރިއަން ރިލީފްގައި އާންމުންނަށް ބޭނުންވާ މެޑިކަލް، ކާބޯތަކެތީގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭއިރު، މާލީ އެހީތެރިކަން ލިބެނީ ހިލޭ އެހީއާއި ލޯނާއި ގެރެންޓީގެ ގޮތުގައެވެ.
ޖުމްލަގޮތެއްގައި އެމެރިކާއިން ވަނީ ޔޫކްރޭނަށް ގާތްގަނޑަކަށް 47.8 ބިލިއަން ޔޫރޯ (50.3 ބިލިއަން ޑޮލަރު) ގެ އަސްކަރީ، މާލީ އަދި އިންސާނީ އެހީދިނުމަށް ވައުދުވެފައެވެ. ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީޔޫ ކޮމިޝަން އެންޑް ކައުންސިލް އަދި ޔޫރަޕިއަން ޕީސް ފެސިލިޓީ ފަދަ އީޔޫގެ މުއައްސަސާތަކުން ވަނީ ޔޫކްރެއިންއަށް 35 ބިލިއަން ޔޫރޯ (36.8 ބިލިއަން ޑޮލަރު) ގެ އެހީއެއް ދޭން ނިންމައިފައެވެ.
އިނގިރޭސިވިލާތަކީ ތިންވަނައަށް އެންމެ ބޮޑު އެހީއެއް ޔޫކްރެއިންއަށް ފޯރުކޮށްދޭ ގައުމަކަށް ވާއިރު، ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 7.1 ބިލިއަން ޔޫރޯ (7.5 ބިލިއަން ޑޮލަރު) ވަނީ ދީފައެވެ.