ދައުލަތުގެ ބަޖެޓުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާ ދޫކޮށްފިއެވެ.

މިއަހަރުގެ ބަޖެޓުން ޖުމްލަ 6 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެއެވެ. މީގެތެރެއިން އެންމެ ގިނައިން ފައިސާ ލިބިފައި ވަނީ މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އަދި ޕީޕީއެމްއަށެވެ. ފައިސާތައް ދޫކޮށް ނިމުނީ މިދިޔަ މަހުއެވެ. މިދިޔަ މަހު ފައިސާ ދޫކޮށްފައި ވަނީ އެމްޑީޕީ އަދި ޕީއެންސީ އަށެވެ.

އެމްޑީޕީ އަށް ފައިސާ ދޫކުރުން ލަސްވީ މާލީ ބަޔާންތައް ލިބުން ލަސްވުމުންނެވެ. ޕީއެންސީ އަށް ފައިސާ ދޫކުރުން ލަސްވީ އެޕާޓީގެ އެކައުންޓުގެ ތަފްސީލު ނުލިބުމުންނެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާ ގޮތް:

އެމްޑީޕީ: 15.1 މިލިއަން ރުފިޔާ

ޕީޕީއެމް: 10.4 މިލިއަން ރުފިޔާ

ޕީއެންސީ: 8 މިލިއަން ރުފިޔާ

ޖުމްހޫރީ ޕާޓީ: 5.3 މިލިއަން ރުފިޔާ

އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

އެމްޑީއޭ: 2.4 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މެންބަރުން އެޕާޓީއެއްގައި ހަމަވާނަމައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.