މިއަހަރުގެ ޢަމީރުލްޙައްޖުގެ ގޮތުގައި އެކިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
އަމީރުލް ހައްޖުގެ މަސްއޫލިއްޔަތަކީ ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ކުރިއަށްދާ ގޮތް ބަލައި، ހައްޖާޖީންނަށް ބޭނުންވާ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ފަހިކޮށްދިނުމަށް އެހީތެރިވުމެވެ.
ޝަފީއު ހައްޖަށް ފުރައިވަޑައިގެންފައި ވަނީ ރާއްޖެއިން މިއަހަރު ހައްޖަށް ފުރި އެންމެ ފަހު ގްރޫޕާއެކުގައެވެ.
ފުރައިވަޑައިގެންނެވުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި އިސްލާމިކް މިނިސްޓްރީގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ހާލު ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ކުރިއަށްދަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް ކަމަށެވެ.
މިނިސްޓަރު ޝަފީޢު ވިދާޅުވީ މިފަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ފަހަރުކަމަށާއި އެގޮތުން 1100 އަށް ވުރެ ގިނަ ދިވެހި ހައްޖުވެރިން މިހާރު މައްކާއަށް ގޮސްފައިވާ ކަމަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު