ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ދެމުންގެންދާ ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުޅުވާލައިފިއެވެ.
ޒުވާނުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލީ އިއްޔެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރެކެވެ.
މިއަހަރު ޒުވާނުންގެ އިނާމު ދިނުމަށް ނިންމާފައި ވަނީ 17 ދާއިރާއަކުންނެވެ. އިނާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރި، މިއަހަރުގެ އޮގަސްޓް 12 އަށް 36 އަހަރު ފުރިފައިނުވާ ޒުވާނަކަށް ވާންޖެހޭނެއެވެ.
މިއަހަރު ޒުވާނުންގެ އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް
- ވިޔަފާރި އާއި އިގްތިސާދު
- އާރޓްސް އެންޑް ކަލްޗަރ - ފަންނުވެރިކަމާއި ސަގާފަތްދިރުވުން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ދަރުމަވެރިކަން
- ވޮކޭޝަނަލް ޓްރެއިނިންގ - ފަސްކޮށްދިނުން
- ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
- މަސްވެރިކަމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން
- ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާ ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތަކަށް
- ފަންނިއްޔާތުގެ ދާއިރާ
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އެވޯޑު ދިނުމުގެ މަގުސަދަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއެޅުމަށް ކަމަށެވެ.
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ