އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތުމުން، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރި ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ދިރާސީ އައު އަހަރާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
"އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ދިރާސީކަލަންޑަރަށް އެއްވެސް ރޭވުންތެރި ކަމެއް ނެތި އެކި ފަހަރުމަތިން ގެންނަމުން އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑު ބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅި ތަރުތީބަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
"އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުމެވެ" ބަޔާނުގައިވެއެވެ.
އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތައުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް އެޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
މީހުން މަގުފުރެއްދުން އެމްޑީޕީން ހުއްޓައިލާންޖެހޭ، އެހެންނޫނީ މިފަހަރު ތިބުއި ބޮނޑިއަށްވެރެ، ބޮޑު ބޮނޑިއެއް ބޯންޖެހިދާނެ! ހުޅަނގު ގަދަ ވިއްސާރ އާއި ދިމާކޮށް ސްކޫލުގެ ބޮޑުޗުއްޓީ ހަދާފައި ތިއޮތީ އެމްޑީޕީންނެވެ. މިހާރުވެސް އެތައްކުއްޖަކާ ޓީޗަރުން އެތިބީ ވުއްސާރަކަމުން ދަރުނުކުރެވިގެން ނާދެވިފައެވެ. އެމްޑީޕީގެ ވެރިކަމުގެ ދުވަސް ވަރުގައި، މީހުންކުރަމުން ގެންދިއަ، ޝަކުވާތަކަށް އަޅައިނުލައި ހުރެފައި، މިއަދުގެ ސަރުކާރުން އެކަމަށް ލުއި ދީ ހުރިހައި ކުދިންނާއި ޓީޗަތުނަށް އާދެވެންދެން ލުއިގޮތަކަށް އެކަންތައ
އަލިފު ޙާ!