މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮގަސްޓް, 2018 ގައި އާގިލް މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ހެނދުނު ބޭއްވި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަށަވަރުކޮށްދިނެވެ.
އާގިލް މަރާލި މައްސަލާގައި ދެެން ދައުވާކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗަށެވެ. އެ މީހުންގެ މައްސަލައިގައި އަދި ހުކުމެއް ނީއްވަ އެވެ.
އާގިލަށް ހަމަލާ ދިނީ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބި ވަގުތުގަ އެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު