މާލޭ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އިއްޔެ ކަނޑައަޅާފައިވާއިރު އެ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ މަޝްވަރާ ނުކޮށް ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ނުރުހިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި، އެ އަގުތަކަށް މި މަހުގެ 20 އިން ފެށިގެން އަމަލުކުރަންޖެހޭނެ ކަމަށް ބުނެފައެވެ.

ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގެ ޓެކްސީ އަގުތައް:

ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް): 30ރ.

މާލެ އިން ހުޅުމާލެ ފޭސް 1 އަށް: 85ރ.

މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 100ރ.

މާލެ އިން އެއާޕޯޓަށް: 70ރ.

ހުޅުމާލެ 2 އިން މާލެ އަށް: 100ރ.

ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް: 40ރ.

ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް: 85ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް: 70ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް: 80ރ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް: 85ރ.

7-10 ސީޓް އަށްވުރެ ދަށުގެ އުޅަނދުތަކަށް ކަނޑައަޅާފައިވާ ދަތުރުތަކަކީ:

މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގެ އެތެރޭގެ ދަތުރަށް: 45ރ.

މާލެ އިން ހުޅުމާލެ ފޭސް 1 އަށް، އަދި ހުޅުމާލެ ފޭސް 1 އިން މާލެ އަށް: 130ރ.

މާލެ އިން ހުޅުމާލެ ފޭސް 1 އަށް، އަދި ހުޅުމާލެ ފޭސް 2 އިން މާލެ އަށް: 155ރ.

މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް: 110ރ.

ހުޅުމާލެ ފޭސް 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފޭސް 1 އަށް: 125ރ.

ހުޅުމާލެ ފޭސް 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފޭސް 2 އަށް: 130ރ.

ހުޅުމާލެ ފޭސް 1 އިން ހުޅުމާލެ ފޭސް 2 އަށް، އަދި ހުޅުމާލެ ފޭސް 2 އިން ހުޅުމާލެ ފޭސް 1 އަށް: 60ރ.

މި އަގުތަކާއި މެދު ނުރުހުންވެ، ޓެކްސީ ޑްރައިވަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން އަލަށް އަގުތަކެއް ކަނޑައަޅާފައި ވަނީ ޑްރައިވަރުންނާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ބޮޑެތި އުޅަނދުތަކުގެ އަގުތައް 40 ޕަސެންޓު ކުޑަ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ޓެކްސީ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ މީޓަރު ކަނޑައެޅެންދެން މިހާރު ހުރި އަގުތަކުގައި ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދިނުމަށް ފަހު ކަމުގައި ވެސް ޑްރައިވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.