މިމަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލުން ކަހާލައިގެން ވެއްޓި އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ނިރޮޅުމަގެ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިމަހުގެ ފަސްވަނަ ދުވަހުގެ 3:26 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މޭ ހަވަނަ ދުވަހުގެ ރޭ 00:50 ހާއިރު އެމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި
އިމިގްރޭޝަންގެ ރެއިޑު މިފަހަރު އަމާޒުކުރީ ފުޑްކޯޓަށް
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ