މާލޭގައި ދިވެއްސަކު ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ބޯފަޅައިގެން ހިނގައްޖެއެވެ.
ފުލުހުން ބުނީ މާލޭގެ ޗާންދަނީ މަގަށް ދިވެއްސަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ވެއްޓި އަނިޔާވެފައި އޮތީ 31 އަހަރުގެ ދިވެއްސަކަށެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ހަތާވީސް" އަށް ކިޔައިދިން ގޮތުގައި އެމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އެމީހާގެ ވެއްޓި އަނިޔާވެ، ބޯ އޮތީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
ފުލުހުން ބުނީ އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ