މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި (އެސްޓީއޯ) އާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާމް ޝީޓްގައި މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އަދި ވިޓޯލްގެ ފަރާތުން ވިޓޯލް ގުރޫޕުގެ ޑިރެކްޓަރު ޖޭ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

އެ މަޝްރޫއަކީ ޓުއަރިޒަމްއެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްގެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބަކަށްވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވިޓޯލް އާއި އެސްޓީއޯ އިން ސޮއި ކުރާ ޓާމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ފިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާމް ޝީޓެކެވެ. އެސްޓީއޯއާއި ވިޓޯލްއަކީ ވިޔަފާރީގެގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެކުންފުންޏެވެ.

ވިޓޯލް އަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައިމެއްގައި ހުރެއެވެ. އެ ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކައެވެ. އަދި، އެކުންފުންޏަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔާ އަދި ސިންގަޕޫރުގެ އެނެމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރުވެސްމެއެވެ.

އެ އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަންކްރަކިން ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިންގެ ހަބެއްގެ ގޮތުގައި ދިވެހި ރާއްޖެ އިޝްތިހާރު ކުރުމެވެ.