ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ 12 މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީއަށް ގެންދިޔައީ "ފެންފޮދެއް" ބޯލާ ގޮތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި "ދޮގު ދޮލަނގު" ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އެތައް ބުރަ މަސައްކަތެއް ކޮށްގެން މަޖިލީހަށް އެމްޑީޕީން ހޮވާފައި ތިބި 12 މެމްބަރަކު ޕީއެންސީއަށް ބަދަލު ކުރީ "ކުރި ކަމެއް ކޮށްގެން" ކަމަށެވެ.
ރައީސް އިބޫގެ ވާހަކަފުޅުގައި އެ މެމްބަރުން ޕީއެންސީއަށް ގެންދިޔައީ ކޮން ހުށަހެޅުމެއް ހުށަހަޅައިގެން ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަން ކުރެއްވީ ރިޝްވަތު ހުށަހަޅައިގެން ކަމަށް ދޭހަވާ ގޮތަށް ވިދާޅުވިއެވެ.
ރައީސް އިބޫ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރަމުންގެންދާ ގޮތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިއްމުވެފައިވާ ކަމަށާއި މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ހޯދުމަކީ ރައްޔިތުންނަށްޓަކައި އެމްޑީޕީން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ.
ހުދުތުމުހުތާރު ވެރިކަމަކަށް ރާއްޖެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ރައީސް އިބޫ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޮގާއި މަކަރާއި އޮޅުވާލަމުން ގެންދާ ކަމަށެވެ.
"މި ސަރުކާރު ވެރިކަމަށް އައުމާއެކީގައި ކުރަން ފެއްޓި ކަމަކީ ފައްކާވެފައިވާ މި އޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް. ދޮގުހަދައި އޮޅުވާލުމުގެ އިތުރަށް ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަަސައްކަތް،" އިބޫ ވިފދާޅުވިއެވެ.
އިބޫ ވިދާޅުވީ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގެ އަގުވައްޓާލައި ގާނޫނުއަސާސީން އެތަނަށް ދީފައިވާ ބާރުތައް އަތުލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަޖިލީހަށް ކުރާ އިހްތިރާމް ކުޑަކުރުމުގެ ގޮތުން މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި އޮއްވައި، އެ ދުވަހަކީ ރަސްމީ ދުވަހަކަށް ހަދާފައިވާ ކަމަށާއި އެކަން ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ގެނައުމަށް ކަމަށް އިބޫ ވިދާޅުވިއެވެ.
ރައީސް އިބޫ މިރޭ އިލްތިމާސް ކުރެއްވީ ނަމަނަމަ ސަރުކާރަށް މެޖޯރިޓީ ނުދިނުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ