ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީ ބަދަލު ނުކުރާނެ ކަމަށް ހުވާކޮށްފިއެވެ.
މިރޭ އާޓްފިޝަލް ބީޗުގައި އެމްޑީޕީން ވަނީ އެޕާޓީގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އާއްމުންވެސް ބައިވެރިވި އެ ޖަލްސާގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކޮށް ކާމިޔާބުކުރެވިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރުމަށާއި ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކަށް ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކޮށްފައެވެ.
މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ނިލަންދޫ އަދި އޭދަފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަވުމުން އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާގަ އެވެ.
މި ހިނގާ 19ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި އެއްފަހަރާ ކާމިޔާބުކުރި ޕާޓީއަށް ވެފައެވެ. އެފަހަރުގެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމާއެކު ފެނިގެން ދިޔައީ އެޕާޓީގެ 13 މަޖިލިސް މެންބަރަކު އެޕާޓީ ދޫކޮށް، ސަރުކާރާ ގުޅުނު މަންޒަރެވެ. އެހެންކަމުން މިހާރު އެޕާޓީގެ އަދަދަކީ 40 މެންބަރުންނެވެ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީގެ އަތުގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް