ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މުއިއްޒު މިއަދު ހަވީރު ވަނީ ހއ. ބާރަށަށް ވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒު ވަނީ ޝުޖާ ބާރަށު ދާއިރާ އަށް އިންތިހާބު ކޮށްދެއްވުމަށް އެދި އެރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެން، ވީޑިއޯ މެސެޖެއް ދެއްވައިފައެވެ.
އެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ޝުޖާ އަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓު ކަމަށާއި އެކަމަށް ޝައްކު ނުކުރެއްވުމަށެވެ. ރައީސް ވިދާޅުވީ ބާރަށު ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަން ހުރި މަސައްކަތްތަކާއި އަދިވެސް މަޖިލިސް ތެރެއިން ކުރުމަށް ހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ޝުޖާއަކީ ވަރަށް މުހިއްމު ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަށް ހަމަ ކޮންމެހެން ވެސް މުހިއްމު ތިޔަ ބޭފުޅުން ޝުޖާއު އަށް ވޯޓު ދެއްވުން. އެހެންވީމަ އެކަމުގައި ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ އަދި ޔަގީންކުރާ ކަމެއް،" ޝުޖާ އަށް އޮތް ތާއީދު ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ. '
ޝުޖާ އަކީ 18ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ މިހާރުހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރެވެ.
ނަވާރަވަނަ މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާގެ ގޮނޑިއަށް ޝުޖާއު ވާދަކުރެއްވިއެވެ. އެފަހަރުގެ އިންތިހާބުގައި ޝުޖާއު އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވީ ކުޑަ ތަފާތަކުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި