ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކޮށްފައިވާއިރު އެ ބިލު ތަސްދީގު ނުކޮށްފި ނަމަ އަލުން އެ ބިލު ފާސް ކުރުމަށްފަހު ތަސްދީގު ކުރަން ފޮނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ނުކުރައްވައިފި ނަމަ، އަލުން އެ ބިލު މަޖިލީހުން ފާސް ކުރާނެ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް ވިދާޅުވީ ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވަން މަސައްކަތް ކުރުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ. ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާ ނަމަ އެތައް ބައެއްގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު އިންތިހާބު ރޯދަމަހު ބާއްވަން ދެކޮޅު ހަދަމުން ދާއިރުގައި ވެސް ފެންނަމުން ދަނީ އިންތިހާބަށް ތައްޔާރުވަމުން އަންނަ މަންޒަރު ކަމަށް ސަލީމް ވިދާޅުވިއެވެ.
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި