ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން 24 ބިލެއް ހުށަހެޅުމަށް ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެ ލިސްޓު ސަރުކާރުން އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެތެރޭގައި 24 ބިލެއް ހުށަހަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި ބިލުތައް:

- ބިމުގެ ބިލް

- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

- ރިއަލް އެސްޓޭޓް

- އާބަން ޕްލޭނިން އާބަން ޑިވެލޮޕްމަންޓް

- ބޯހިޔާވަހިކަމުގެ ބިލް

- ސިއްހީ ހިދުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

- ދަތުރުފަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލް

- ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ބިލް

- ކޮޕީ ރައިޓް ގާނޫނަށް ހުށަހަޅާ އިސްލާހު

- ފޮރިން އިންވެސްޓްމަންޓް ބިލް

- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

- ނަފުސާނީ ސިއްހަތުގެ ބިލް

- މާލީ ސެކިއުރިޓީ ގާނޫނަށް ހުށަހަޅާ އިސްލާހު

- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް

- ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް

- ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

- ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

- ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

- ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ ބިލް

- މީޑިއާ ކޮމިޝަން ބިލް

- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

- ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ދައުރެއްގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.