ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކުރިޔަށް ގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރު" ޕްރޮމޯޝަން ރޭ ފަށައިފިއެވެ.
އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެއް ސޭލެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައި ވެސް ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.
އެސްޓީއޯ އިން މިޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށް ދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލްއަށެވެ.
ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާ ތަކުގެ ތަފްސީލް:
- މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެ
- 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ
- ރޯދަމަހުގެ ކުރިން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެ
- އެއްވަނައަށް ދާފަރާތަކަށް 75000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް
- ދެވަނަ ފަރާތަކަށް ހޯމް އެޕިލިއެންސް ޕެކޭޖެއް
- ތިންވަން ފަރާތަކަށް ތިންރޫމް އެޕާޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ އަދި ކުލަ ލާ ދިނުން
- ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާ 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެ
- މުޅި ޕްރޮމޯޝަން ނިމު މުން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެ
- އެއްވަނަ އިނާމަށް ޓާކީ ދެކޮޅު ޓިކެޓް ދެމީހަކަށް
- ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމް އެޕިލިއެންސް ޕެކޭޖެއް
- ތިންވަނަ ފަރާތަކަށް 65" ފިލިޕްސް ޓީވީ އެއް
އެސްޓީއޯ އިން ބުނީ ގުރުއަތުން ދިމާވާ ފަރާތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދޭނެ ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި އެ ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެއެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށް ދާ ގަޑީގައި ކަސްޓަމަރުން އަމިއްލަ އަށް ޕްރޮޑަކްޓް ތަޖުރިބާ ކުރުމުގެ ފުރަސަތު ލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ކޮންމެ ހަފުތާއަކު ހުކުރު އަދި ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެއެވެ. މީގެއިތުރުން އެސްޓިއޯ އީ ސްޓޯރު މެދުވެރިކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެއެވެ .ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން އެތަކެތި ޑެލިވަރީ ވެސް ކޮށްދޭނެއެވެ.